Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާގެ ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭނަށް އެއްބަސް ނުވާނަމަ މިޞްރާއި އުރުދުން އަށް އެހީދިނުން ހުއްޓާލަނީ

ޣައްޒާގެ ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭނަށް އެއްބަސް ނުވާނަމަ މިޞްރާއި އުރުދުން އަށް އެހީދިނުން ހުއްޓާލަނީ

ޖަވާދު
574 ދުވަސް ކުރިން - 12 ފެބްރުއަރީ 2025 15:24
ޑޮންލަޑް ޓްރަމްޕް.
ޑޮންލަޑް ޓްރަމްޕް.
ޚުލާސާ

ޣައްޒާގެ ރައްޔިތުން އެހެން ގައުމު ތަކަށް ބަދަލު ކުރުމުގެ ޕްލޭނަށް އެއްބާރުލުން ނުދޭތީ، މިސްރާއި އުރުދުން އަށް ދޭ އެހީ ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި

ޣައްޒާގެ ރައްޔިތުން އެހެން ގައުމު ތަކަށް ބަދަލު ކުރުމުގެ ޕްލޭނަށް މިސްރާއި އުރުދުންއިން އެއްބާރުލުން ނުދޭނެ ކަމަށް އެންގުމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ކޯފާ ވެއްޖެއެވެ.

މިޞްރުގެ ރައީސް ވަނީ އެމެރިކާ އަށް ވަޑައިގަންނަވަން ނިންމަވާފައިވާ ނިންމުން ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

މިޞްރާއި އުރުދުން އިން ބުނެފައިވަނީ އެމެރިކާގެ ރައީސް ޓްރަމްޕްގެ އެ ޕެލޭނާއި ދެކޮޅުހަދާ ކަމަށެވެ.

Advertisement

Advertisement 1

މިކަމާއި ގުޅިގެން، އެ ދެ ގައުމަށް އެމެރިކާއިން ދޭ ހުރިހާ އެހީތަކެއް ހުއްޓާލާނެ ކަމުގެ އިންޒާރު ވައިޓް ހައުސްއިން ވަނީ ރަސްމީކޮށް ދީފައެވެ.

އެމެރިކާއިން މިސްރަށް އަހަރަކު ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދެއެވެ. މި އެހީ ދެނީ ހަތިޔާރާއި، ތަމްރީނާއި އަދި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމުގެ ގޮތުގައެވެ. އުރުދުން އަށް ދެނީ 500 މިލިއަން ޑޮލަރަށް އަރާވަރުގެ އަސްކަރީ އެހީއެކެވެ. މީގެ އިތުރުން، ޔޫއެސް އެއިޑްގެ ޕްރޮގްރާމް ތަކުގެ ދަށުން މަދަނީ އެހީ ވެސް ދެ ގައުމަށް ފޯރުކޮށްދެއެވެ.

ޓްރަމްޕް އުޅުއްވީ ޣައްޒާގެ ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް މިސްރާއި އުރުދުންގައި ވަޒަންވެރިކުރުވާށެވެ.

ނަމަވެސް އެ ޕްލޭނަށް ފާޅުގައި އެ ދެޤައުމުން ވެސް ދެކޮޅު ހަދާފައި ވެއެވެ. އިއްޔެ ނެރުނު ބަޔާންތަކެއްގައި އެ ދެ ގައުމުން ބުނެފައިވަނީ މި ޕްލޭންގައި ބައިވެރިނުވާނެ ކަމަށެވެ.

ބައިނަލްއަޤްވާމީ މީޑިއާ ތަކާއި މުޙައްލިލުންގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ޣައްޒާގެ މައްސަލަ އާއި ވިޔަފާރީގެ ދާއިރާގައި ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތު ތަކުގެ ސަބަބުން އެމެރިކާ ދަނީ ދުނިޔޭގެ ގައުމުތަކުގެ ތާއީދު ގެއްލި، އެކަހެރި ވަމުންނެވެ. ޔޫރަޕްގެ ގައުމު ތަކާއި އޭޝިއާގެ ގައުމު ތަކުގެ އިތުރުން ގަލްފު ގައުމު ތަކުން ވެސް މި މައްސަލާގައި އެމެރިކާ އާއި ދޭތެރޭ ފޫހިވެފައިވާކަން ފާހަގަ ކުރެވެއެވެ.

އަނެއްކޮޅުން ޗައިނާއިން ދަނީ މި ފުރުސަތުގެ ބޭނުން ހިފުމަށް މަސައްކަތް ކުރަމުންނެވެ.

އެމެރިކާމިޞްރުޖޯޑަންމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

4 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

7 ދުވަސް ކުރިން - 04:34

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

11 ދުވަސް ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57