އައިޖީއެމްއެޗުގައި ކުރާ ސާޖަރީތައް ހުއްޓާލާފައިވާ ކަަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތެއް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
އައިޖީއެމްއެޗުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހޮސްޕިޓަލުގައި ކުރާ އެއްވެސް ސާޖަރީއެއް ހުއްޓާލާފައި ނުވާ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
އާންމުންނަށް އޮޅުންއަރާ ގޮތަށް ހަޤީޤަތާ ޚިލާފު މަޢުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުން ދާތީ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށް، ޒިންމާދާރުކަމާ އެކު މަޢުލޫމާތު ފެތުރުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
ޝޯޝަލް މީޑިއާގައި ބައެއް މީހުން ކޮށްފައިވާ ޕޯސްޓުތަކެއްގައި ބުނީ އެ ހޮސްޕިޓަލުން ބައެއް ސާޖަރީތައް ހުއްޓާލައި، ސާޖަރީތައް ކުރެވެން ނެތް ކަމަށް ބުނަމުންދާ ކަމަށެވެ.









