ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަތުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ހުސައިން އިސްމާއިލް | 359 ދުވަސް ކުރިން - 31 ޖެނުއަރީ 2025 11:03
ޚުލާސާ

ދިވެހީންގެ މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރި ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ މި ވަޠަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިންމަތް ކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ގައުމީ ވާޖިބު ކަމަށް ރައީސް ވިދާޅުވި.

ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިންމަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހާއި ގުޅިގެން އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހީންގެ މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރި ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ މި ވަޠަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިންމަތް ކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ގައުމީ ވާޖިބު ކަމަށެވެ.

ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާއި ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ.

ޢަލީ ރަސްގެފާނު ޝަހީދުވުމަށްފަހު، ޕޯޗްގީޒުން 15 އަހަރު ދުވަހު ރާއްޖެ އިސްތިއުމާރުކުރިއެވެ. ނަމަވެސް މުޙައްމަދު ތަކުރުފާނުގެ ހިތްވަރާއި ޖިހާދުގެ ސަބަބުން ރާއްޖެ އަނބުރާ މިނިވަންވީ 1 ރަބީޢުލްއައްވަލު 981 ގައެވެ.

ރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަކުރަން ފެށީ ހިޖުރީގޮތުން 1400 ވަނަ އަހަރުގެ 1 ޝަޢުބާންގައެވެ. މި ދުވަހަކީ ދިވެހި ޤައުމިއްޔަތާއި މިނިވަންކަމަށް ޓަކައި ޤުރުބާންވި ހުރިހާ ބަޠަލުންނާއި ޝަހީދުންގެ ހަނދާން އާކޮށް، އެ ބޭފުޅުންގެ ހިތްވަރާއި ޖިހާދުން ނަމޫނާ ލިބިގަތުމުގެ ދުވަހެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%