ނޭމާ އަލް ހިލާލް ދޫކޮށްލައި، ލޯބިވާ ސަންޓޯސް އަށް

ހުސައިން އިސްމާއިލް | 129 ދުވަސް ކުރިން - 28 ޖެނުއަރީ 2025 10:39
ޚުލާސާ

ނޭމާ އާއި އަލް ހިލާލް ދެމެދުގައިވާ އެއްބަސްވުން ނިމުމަކަށް ގެނައީ އަނިޔާގެ މައްސަލަތަކާހެދި ދެފަރާތުން ވާހަކަދައްކައިގެން.

އަލް ހިލާލްއާއެކު ނޭމާ ހަދާފައިވާ އެއްބަސްވުން ދެފަރާތުގެ މަޝްވަރާގެ ދަށުން އުވާލާފައިވާއިރު، 2023 ވަނަ އަހަރުގެ އޮގަސްޓް މަހު 90 މިލިއަން ޔޫރޯއަށް ސޮއިކުރިތާ މަދު މަސްކޮޅެއްގެ ތެރޭގައި ސައުދީ ޕްރޯ ލީގުގައި ނޭމާގެ ދައުރު ނިމުނީއެވެ.

އޮކްޓޯބަރު މަހު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ނޭމާއަށް ކުޅެވުނީ އެންމެ 7 މެޗެވެ. ނޭމާ ރިޔާޒުގައި ހުންނަ އެ ކްލަބަށް ލަނޑެއް ޖަހައިދިނީ އެންމެ ފަހަރަކު އެވެ.

ބްރެޒިލްގެ ތަރި ނޭމާ އުފެދުނީ ސަންޓޯސް އެފްސީންނެވެ. އެ ކުލަބުން އަބަދުވެސް އެދެނި ނޭމާގެ ކެރިއަރުގައި ބާކީ އޮތް ދުވަސްތައް އެކުލަބާއެކު ހޭދަކުރާށެވެ. ނޭމާ މިހާރު ވަނީ ކްލަބް ސަންޓޯސް އެފްސީއާ އަލުން ގުޅެން ތައްޔާރުވެފަ އެވެ. ސަންޓޯސް އިން ކޮންޓްރެކްޓްގެ ތަފްސީލުތައް ފައިނަލް ކުރަމުން އަންނައިރު، ނޭމާ ވަރަށް އަވަހަށް ބްރެޒިލްގެ ސެރީއާ އަށް އެނބުރި ދާނެއެވެ.

ނޭމާ އެނބުރި ސަންޓޯސްއަށް ދިޔުމަކީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ތަމްސީލުކުރުމަށް ލިބޭނެ ފުރުސަތަކަށް ވާނެއެވެ.

މިއީ 2013 ވަނަ އަހަރު ބާސެލޯނާއަށް ބަދަލުވުމުގެ ކުރިން ސަންޓޯސްއަށް 225 މެޗު ކުޅެ 136 ގޯލް ޖަހައިދިން ނޭމާގެ "ހޯމްކަމިންގް"އެއް ކަމަށް ބްރެޒިލްގެ ނޫސްތަކުން ބުނެއެވެ.

ނޭމާއަށް އަލްހިލާލުން ބޮޑު ޚަރަދުތަކެއް ކުރަން ޖެހުނުއިރު އޭނާ އަށް އެޓީމަށް ކޮށްދެވުނު ކަމެއް ނެތެވެ. ސަބަބަކީ އަނިޔާގެ މައްސަލަތަކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%