ސެނެހިޔާ ހޮސްޕިޓަލް ކައިރިން މިމަހު 15 ވަނަ ދުވަހުގެ ހެނދުނު ޒަޚަމްތަކަކާއެކު ވެއްޓިފައިވާ އޮއްވާ ފެނުނު މީހާއަށް ޙަމަލާ ދިންކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ރޯޒެންޑޭލް، އުމުރުން 29 އަހަރުގެ ޞަފްވާން ޒުފްރަތާއި ށ. ފޭދޫ، އުދަރެސް، އުމުރުން 34 އަހަރުގެ ޢަލީ ނާޝިދެވެ.
ޞަފްވާން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެރޭ 21:19 ހާއިރު ކަމަށާއި، ޢަލީ ނާޝިދު ހައްޔަރުކޮށްފައިވަނީ 21 ވަނަ ދުވަހުގެ 1:09 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ގުޅޭ ޚަބަރު:
މާލޭގައި އަބަދުވެސް މާރާމާރީ ހިންގާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް، މިސަރުކާރު އައިފަހުން ނުރައްކާތެރި މާރާމާރީތައް ހިންގާ ރޭޓު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.









