ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިޔަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި މައްސަލަ ހިނގާފައިވަނީ އިއްޔެ 14:45 ހާއިރު ނޮޅިވަރަންފަރުގެ ފަތުރުވެރިންނަށް ޚާއްޞަ ކުރެވިފައިވާ ބީޗުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ފަތުރުވެރިޔަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.









