މިދިޔަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު މާލޭގެ ގެއެއްގައި ނިޔާވެފައި އޮއްވާ ފެނުނު މީހެއްގެ ޕޯސްޓްމޯޓަމް ހަދައި، އޭނާގެ ހަށިގަނޑު މިއަދު ވަޅުލައިފިއެވެ.
ނިޔާވެފައި އޮއްވާ ފެނުނީ މ. ތަރިވިލާގެ ހުސައިން އަހްމަދު (41 އަހަރު) އެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނު ދުވަހުގެ ހެނދުނު އައިޖީއެމްއެޗަށް ގެންދެވުނެވެ. އެ ދުވަހު ފުލުހުން ވަނީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
އިންޑިއާގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، މިއަދު ހަށިގަނޑު ރާއްޖެ ގެނެސް، އަސްރު ނަމާދަށްފަހު އާސަހަރާގައި ވަޅުލާފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.
ހުސައިން އަހްމަދަކީ މިދިޔަ އޮކްޓޯބަރު މަހު ތެރޭގައި ކުށެއްގެ ތުހުމަތުގައި ފުލުހުން ހޯދަން އިޢުލާންކުރި މީހެކެވެ.









