ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މުޙައްމަދު ޝައިޙާން (25އ)، ހ. ގާރޑްންބިޔުޓީ، މާލެ، ހޯދުމަށް ފުލުހުން އިޢުލާންކޮށްފިއެވެ.
ފުލުހުން ބުނީ ޝައިޙާން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ހާޒިރުވުމަށް އަންގާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންގާފައިވަނީ 28 ޖަނަވަރީ 2025 ވަނަ ދުވަހުގެ 14:00 އަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ޝައިޙާން ހާޒިރުވުމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.









