މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 73،000 އުޅަނދު ޗެކްކޮށްފައިވާ ކަމަށް މިއަދު ބުނެފިއެވެ.
ފުލުހުންގެ ޓްރެފިކް އަދި ޓޯވިން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 73،953 އުޅަނދު ޗެކުކޮށް، 66،347 މީހަކަށް ނަސޭހަތްދީފައިވެއެވެ.
ޓްރެފިކް ވަޔަލޭޝަން ސްލިޕް 7،606 މީހަކަށް ދީފައިވެއެވެ. އަދި، 7،606 އުޅަނދަށް ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ.
ފުލުހުން ބުނީ ނުރައްކާތެރިކޮށް ދުއްވުމުގެ 293 މައްސަލައެއް މިދިޔަ އަހަރު ފާހަގަކުރެވު ކަމަށާއި އޭގެ ތެރޭގައި ދެފުރޮޅުލީ 271 އުޅަނދާއި ހަތަރު ފުރޮޅުލީ 22 އުޅަނދު ހިމެނޭ ކަމަށެވެ.
ފުލުހުން ވަނީ 15،514 އުޅަނދު ޓޯ ވެސް ކޮށްފައެވެ. އޭގެ ތެރެއިން 546 އުޅަނދު ނައްތާލައި، 13،562 އުޅަނދެއް ވެރިފަރާތާ ޙަވާލުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.









