ހުޅުމާލެއިން އިންޑިއާ ރައްޔިތެއްކަމަށްވާ އުމޭޝް މާންޖީ (41އ) ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އުމޭޝް މާންޖީ ގެއްލިފައިވަނީ ޑިސެންބަރު 14 ވަނަ ދުވަހުގެ ހެނދުނު 7:00 އެހާކަންހާއިރު އޭނާ ދިރިއުޅޭ ހުޅުމާލެ ފޭސް 1ގެ އެޕާޓްމަންޓުން ނިކުމެގެން ދިޔަފަހުންނެވެ. އޭގެ ފަހުން އެއްވެސް ފަރާތަކަށް އޭނާގެ ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

ފުލުހުން ވަނީ އުމޭޝް މާންޖީއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަން ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.