Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިދިޔަ މަހު ދައުލަތަށް 2.33 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިދިޔަ މަހު ދައުލަތަށް 2.33 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

އަހްމަދު އީޒާން
597 ދުވަސް ކުރިން - 12 ޖެނުއަރީ 2025 14:20
ޓީޖެޓީ ސަރަހައްދު / ފޮޓޯ: ޚުލާސާ
ޓީޖެޓީ ސަރަހައްދު / ފޮޓޯ: ޚުލާސާ
ޚުލާސާ

މީރާ އިން ބުނީ މިދިޔަ މަހު 2.33 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، އެ އަދަދަކީ 2023 އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 4.7 ޕަސެންޓް އިތުރު އަދަދެއް ކަމަށް.

މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް ޓެކްސް އާއި ފީގެ ގޮތުގައި 2.33 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބުނެފި އެވެ.

މީރާ އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު 2.33 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، އެ އަދަދަކީ 2023 އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 4.7 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި، އެއީ އެ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 20.1 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާ އިން ބުންޏެވެ.

މީރާއިން ބުނި ގޮތުގައި، 2023 އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއަށް ބަލާއިރު, މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މިދިޔަ މަހު ރާއްޖެއަށް ޓޫރިސްޓުން ޒިޔާރާތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 5.7 ޕަސެންޓް އިތުރަށް ޓޫރިސްޓުން ޒިޔާރާތްކުރުމުގެ ސަބަބުން އެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވުމަކީ ވެސް މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން ބުނި ގޮތުގައި، މިދިޔަ މަހަށް އަންދާޒާކޮށްފައިވާ އާމްދަނީއަށް ވުރެ 20.1 ޕަސެންޓް އިތުރުވި މައިގަނޑު އެއް ސަބަބަކީ ގްރީން ޓެކުހާއި ވާކް ޕާމިޓް ފީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ބިދޭސީންގެ ކޯޓާ ފީ އަދި ޓޫރިޒަމް ދާއިރާ ނޫން އެހެނިހެން ދާއިރާތަކުގެ ޖީއެސްޓީން ލިބުނު އާމްދަނީ އިތުރުވުމެވެ. އަދި މިދިޔަ މަހު ލިބިފައިވާ އާމްދަނީގެ 17.5 ޕަސެންޓަކީ މީރާގެ އެންފޯސްމަންޓް ފިޔަވަޅުތަކުގެ ދަށުން ހޯދާފައިވާ އާމްދަނީ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޖީއެސްޓީ އެވެ. އެއީ 57.34 ޕަސެންޓް ނުވަތަ 1.33 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ރިސޯޓް ކުލީގެ ގޮތުގަ އެވެ. އެއީ 16.25 ޕަސެންޓް ނުވަތަ 378.55 މިލިއަން ރުފިޔާ އެވެ.

އިންކަމް ޓެކްސްގެ ގޮތުގައި 116.16 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 109.46 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 93.93 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 93.93 މިލިއަން ރުފިޔާ މީރާ އަށް ލިބިފައިވެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 112.75 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މީރާޓެކްސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

22 ގަޑިއިރު ކުރިން - 18:54

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

22 ގަޑިއިރު ކުރިން - 18:26

މިއީ އާ ޓެކްސެއް ނޫން: ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

14 ދުވަސް ކުރިން - 19:40

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

44 ދުވަސް ކުރިން - 12:41

ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

ޓެކްސްގެ އާމްދަނީ އިތުރުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

47 ދުވަސް ކުރިން - 10:22

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

50 ދުވަސް ކުރިން - 10:15

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%