ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގެ ދެވަނަ ފުލޯއިން މިއަދު މީހަކު ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ ހިޔާ ޓަވަރު ތިނެއްގެ ދެވަނަ ފުލޯއިން މީހަކު ވެއްޓިގެން މިއަދު އެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ،
ވެއްޓިގެން އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެއީ ކޮން އުމުރެއްގެ މީހެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އަދި އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ވެސް އަދި ނުލިބެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.









