Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގިނަ ގޯލުތަކާއެކު ސިޓީ، ލިވްޕޫލް އަދި ޗެލްސީ އެފްއޭކަޕްގެ ހަތަރުވަނަ ބުރަށް

ގިނަ ގޯލުތަކާއެކު ސިޓީ، ލިވްޕޫލް އަދި ޗެލްސީ އެފްއޭކަޕްގެ ހަތަރުވަނަ ބުރަށް

އުސްތާޛް މުޙައްމަދު ޢަލީ
560 ދުވަސް ކުރިން - 12 ޖެނުއަރީ 2025 08:28
ޖޭމްސް މެކްއަޓީ ސިޓީގެ 5ވަނަ ގޯލު ޖަހަނީ. ރޭގެ މެޗުގައި އޭނާ ސަލްފޯޑް ކޮޅަށް ހެޓްރިކެއް ހެދި.
ޖޭމްސް މެކްއަޓީ ސިޓީގެ 5ވަނަ ގޯލު ޖަހަނީ. ރޭގެ މެޗުގައި އޭނާ ސަލްފޯޑް ކޮޅަށް ހެޓްރިކެއް ހެދި.
ޚުލާސާ

މެންޗެސްތަރ ސިޓީ އިން ސަލްފޯޑް ސިޓީ ބަލިކުރީ 8-0 ލަނޑުން. ޗެލްސީން މޯކޭމްބް ބަލިކުރީ 5-0 ލަނޑުން ލިވަޕޫލް މޮޅުވީ އެކްރިންޓަން ސްޓޭންލީ އަތުން 4-0 ލަނޑުން.

ގިނ ގޯލުތަކާއެކު ސިޓީ އާއި ލިވަޕޫލް އަދި ޗެލްސީ އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރު ފަހަނައަޅައި، މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ރޭ ކުޅުނު މެޗުތަކުގައި މެންޗެސްޓާ ސިޓީން އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ސަލްފޯޑް 8-0 އިން ބަލިކުރިއެވެ. ލިވަޕޫލުން ތިން ވަނަ ޑިވިޝަނުގެ އެކްރިންޓަން ސްޓޭންލީ 4-0 އިން ބަލިކުރިއިރު، ޗެލްސީން ހަމަ އެ ޑިވިޝަނުގެ މޯކޭމްބް 5-0 އިން ބަލިކުރިއެވެ.

Advertisement

Advertisement 1

ޖޭމްސް މެކްއަޓީ އޭނާގެ 3 ވަނަ ލަނޑު އަދި ސިޓީގެ 8 ވަނަ ލަނޑު އެތިހާދުގައި ގޯލަށް ވައްދާލަނީ / ފޮޓޯ: ރޮއިޓާސް

މެންޗެސްޓާ ސިޓީގެ މެޗުގައި އިނގިރޭސި މިޑްފީލްޑަރު ޖޭމްސް މެކްއަޓީ ހެޓްރިކެއް ހެދިއެވެ. މިއީ 2019 ވަނަ އަހަރަށް ފަހު ސިޓީން މުބާރާތެއްގައި ހޯދި އެންމެ ބޮޑު މޮޅެވެ. މި މެޗުގައި ސިޓީގެ ޖެރެމީ ޑޮކޫ ދެ ގޯލު ޖެހިއިރު ޖެކް ގްރީލިޝް، ޑިވިން މުބާމާ އަދި ނިކޯ އޯރެއިލީ ވެސް ލަނޑު ޖަހައިފައިވެއެވެ.

ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ފޮނުވާލި ބޯޅަ ގޯލަށް ވަންނަނީ. މިއީ ލިވަޕޫލްގެ ދެވަނަ ލަނޑު / ފޯޓޯ: ރޮއިޓާސް.

ލިވަޕޫލްގެ މެޗުގައި ޑިއޯގޯ ޖޮޓާ، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް، ޖޭޑަން ޑޭންސް އަދި ފެޑެރީކޯ ކިއޭޒާ ލަނޑު ޖެހިއެވެ. މި މެޗުގައި 16 އަހަރުގެ ރިއޯ އެންގުމޯހާ ލިވަޕޫލްގެ ފުރަތަމަ 11 ގައި ފުރަތަމަ ފަހަރަށް ކުޅެފައިވެއެވެ.

ޗެލްސީން މޯކޭމްބަ ކޮޅަށް ރޭ ގޯލެއް ޖަހނީ.

ޗެލްސީގެ މެޗުގައި ސްޓެފަން އެންކުންކޫ، ޖޮއާއޯ ފެލިކްސް އަދި ޓޮސިން އަޑަރާބިއޯޔޯ ލަނޑު ޖެހިއެވެ. ޖޮއާއޯ ފެލިކްސް ދެ މިނިޓުގެ ތެރޭގައި ދެ ލަނޑު ޖަހައި މޮޅު ކުޅުމެއް ދެއްކިއެވެ.

އެފްއޭ ކަޕްގެ ތިން ވަނަ ބުރުގެ އެހެން މެޗުތަކަށް ބަލާއިރު، އެސްޓަން ވިލާ އިން ވެސްޓް ހޭމް ޔުނައިޓެޑް 2-1 އިން ބަލިކުރިއިރު، ވުލްވްސް އިން ވނީ ބްރިސްޓަލް ސިޓީ 2-1 އިން ބަލިކޮށްފައެވެ. މީގެ އިތުރުން ނޮޓިންހަމް ފޮރެސްޓުން ލޫޓަން ޓައުން 2-0 އިން ބަލިކޮށްފައި ވާއިރު ބްރައިޓަން އިން ނޮރިޗް ސިޓީ ބަލިކުރީ 4-0 އިންނެވެ.

މެންޗެސްޓަރ ސިޓީލިވަޕޫލްޗެލްސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

26 ދުވަސް ކުރިން - 23:04

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

56 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

62 ދުވަސް ކުރިން - 12:14

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެކުލަބު ދޫކޮށްލަނީ

64 ދުވަސް ކުރިން - 23:13

އެލޮންސޯ ޗެލްސީއަށް ދިއުމަކީ ލިވަޕޫލަށް ލިބޭނެ ބޮޑު ލަދަކަށް ވެދާނެ

އެލޮންސޯ ޗެލްސީއަށް ދިއުމަކީ ލިވަޕޫލަށް ލިބޭނެ ލަދެއް

73 ދުވަސް ކުރިން - 12:36