Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެފްއެސްއެމްގެ ތެލުގެ ވައްކަމުގެ މައްސަލަ: ފުލުހުންގެ ތަޙުޤީޤު ފުޅާކޮށްފި

އެފްއެސްއެމްގެ ތެލުގެ ވައްކަމުގެ މައްސަލަ: ފުލުހުންގެ ތަޙުޤީޤު ފުޅާކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
557 ދުވަސް ކުރިން - 6 ޖެނުއަރީ 2025 09:46
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް. އެކުންފުނީގެ ތެލުން ވައްކަންކޮށްގެން އެތައް ބަޔަކަށް ނާޖާއިޒް މުއްސަނދިކަން ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ. (ފޮޓޯ: ޚުލާސާ)
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް. އެކުންފުނީގެ ތެލުން ވައްކަންކޮށްގެން އެތައް ބަޔަކަށް ނާޖާއިޒް މުއްސަނދިކަން ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ. (ފޮޓޯ: ޚުލާސާ)
ޚުލާސާ

ތެލުން ވައްކަން ކުރުމުގެ ދިގު ތާރީޚެއް އޮތް އެފްއެސްއެމްގެ މެނޭޖްމެންޓަށް ނޭނގި ތެޔޮ ބޯޓުތަކުގައި އުޅޭ ފަޅުވެރިންނާއި ކައްޕިން ގުޅިގެން ތެލުން ވައްކަންކުރާތާ ވަރަށް ޒަމާން ވެފައިވާކަން އެނގިފައިވޭ

އެފްއެސްއެމްގެ ތެލުގެ ވައްކަމުގެ މައްސަލައިގައި ފުލުހުންގެ ތަޙުޤީޤު އިތުރަށް ފުޅާ ކޮށްފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ފެށުނު މި ތަޙުޤީޤުގެ ފުރަތަމަކޮޅުގައި 10 މީހަކާއި ދެ ގެއަކާއި ތެޔޮ އުފުލާ ދެ ބާޖެއް ބަލައި ފާސްކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ ރެއިޑުތަކުގައި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތަކެއް ހޯދާފައިވާ ކަމަށްވެސް މިނިސްޓަރު އިހުސާން ފާހަގަކުރެއްވިއެވެ. މި މައްސަލަ ބަލަމުންދަނީ ހާއްސަ ފުލުހުންގެ ޓީމަކުންނެވެ.

Advertisement

Advertisement 1

އެނގިފައިވާ ގޮތުގައި، ތަޙުޤީޤުގައި ސަމާލުކަން ދެވިފައިވާ އެއް ފަރާތަކީ އެފްއެސްއެމްގެ ތެޔޮ ބާޖެއްގެ ކައްޕިއެކެވެ. ސޯޝަލްމީޑިއާގައި އޭރު އޭނާއާއި އެފްއެސްއެމްގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރާއި ދެމެދު ގުޅުން އޮންނަ ކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ މުސާރައަށް ލިބޭ 35,000 ރުފިޔާ އާއި ނުބައްދަލު އެތްއް ގުނައެއްގެ އިތުރު ޢަދަދެއް އޭނާގެ އެކައުންޓުން ވަނީ ރޯލް ވެފައެވެ.

އިތުރަށް ލިބުނު މަޢުލޫމާތުގައިވާ ގޮތުން، ތެޔޮ ވިއްކައިގެން ލިބުނު ފައިސާއިން އަގުބޮޑު މުދާ ވެސް އެ ކައްޕި ގަނެފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. މީގެ ތެރޭގައި އެސްޓީއޯ މުވައްޒަފުންނަށް ތަރައްޤީކުރި ފްލެޓުން 1.8 މިލިއަން ރުފިޔާއަށް ގަތް އެޕާޓްމަންޓެއް ހިމެނެއެވެ. މި އަދަދު ދައްކާފައިވަނީ އެއްފަހަރާ ނަގުދު ފައިސާއިންނެވެ.

މި މައްސަލައިގައި މިހަތަނަށް ފުލުހުން އެ ކައްޕިއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އަދި މީޑިއާއާއި ހިއްސާ ކޮށްފައި ނުވާއިރު، އެނގިފައިވާ ގޮތުގައި ފުލުހުން ދަނީ އޭނާއާއި އެކަމުގައި ބައިވެރިވި އެހެން ފަރާތްތައް ހޯދައި ބަލަމުންނެވެ.

އެފްއެސްއެމް އަކީ ތެލުން ވައްކަން ކުރުމުގެ ދިގު ތާރީޚެއް އޮތް ކަމަށް ތުހުމަތު ކުރެވޭ ކުންފުންޏެކެވެ. މެނޭޖްމެންޓަށް ނޭނގި ތެޔޮ ބޯޓުތަކުގައި އުޅޭ ފަޅުވެރިންނާއި ކައްޕިން ގުޅިގެން ތެލުން ވައްކަންކުރާތާ ވަރަށް ޒަމާން ވެފައިވާކަން އެނގިފައި ވެއެވެ. މެނޭޖްމެންޓަށް އެކަންތައްތައް ޝައްކު ކުރެވިގެން ގިނަ ބަޔަކު އެކި ދުވަސްވަރުމަތިން ކަނޑާލާފައި ވެސް ވެއެވެ.          

އެފްއެސްއެމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެފް.އެސް.އެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ އޭ.ޓީ.ޖީ ސިސްޓަމް ހަރުކުރަން ފަށައިފި

އެފް.އެސް.އެމްގެ ބާޖުތަކުގައި ތެލުގެ މިންވަރު ބަލާ އޭ.ޓީ.ޖީ ސިސްޓަމް ހަރުކުރަން ފަށައިފި

4 ދުވަސް ކުރިން - 13:26

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

7 ދުވަސް ކުރިން - 16:38

ވިލިމާލޭގެ ތެލުގެ ދަތިކަމަށް ހައްލެއް: އެފް.އެސް.އެމްގެ އައު ފިއުލް ސްޓޭޝަންގެ މަސައްކަތް ފަށައިފި

ވިލިމާލޭގައި އެފް.އެސް.އެމް އިން ގާއިމުކުރާ ފިއުލް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

41 ދުވަސް ކުރިން - 15:48

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތް ދޭން ފަށައިފި

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތްދޭން ފަށައިފި

52 ދުވަސް ކުރިން - 12:08

ދ. ކުޑަހުވަދޫގައި އެފްއެސްއެމްގެ އައު ފިއުލް ޝެޑް ހުޅުވައި ހިދުމަތް ދޭން ފަށައިފި

ކުޑަހުވަދޫގައި އެފްއެސްއެމްގެ އައު ފިއުލް ޝެޑެއް ހުޅުވައިފި

87 ދުވަސް ކުރިން - 00:45

ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލާއެކު ރާއްޖޭގައި ވިއްކާ ޑީސަލާއި ޕެޓްރޯލް އަގު ބޮޑުވެއްޖެ

ރާއްޖޭގައި ވިއްކާ ޑީސަލާއި ޕެޓްރޯލް އަގު ބޮޑުވެއްޖެ

134 ދުވަސް ކުރިން - 15:00