ގަލޮޅުގައި ހުރި ގެއަކުން ވަގަށް ނެގި ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ފުލުހުން ހޯދައި، އޭގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ، އިއްޔެގެ ވަގުތެއްގައި ގަލޮޅުގައި ހުންނަ ގެއަކުން ވަގަށް ނެގި މި ތަކެތި ހޯދާފައިވަނީ މައްސަލަ ހުށަހެޅުމާއެކު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުންނެވެ.
ވަގަށް ނެގި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮލަރާއި ޔޫރޯގެ އިތުރުން، ފޯނާއި މެކް ބުކްއަކާއި އެއާ ޕެޑްތަކެއް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.








