ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ވެސްޓްހަމް ޔުނައިޓެޑް 5-0 އިން ބަލިކޮށް އަށް ޕޮއިންޓުގެ ލީޑު ފުޅާކޮށްލިއިރު އެ ލީގިގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އޮތީ، 14 ޕޮއިންޓުގެ ފަރަގަކާއެކު 5 ވަނައިގައެވެ.
19 މެޗުން 31 ޕޮއިންޓާއެކު ފަސް ވަނަ އަށް ގާޑިއޯލާގެ ޓީމު ޖެހިލިއިރު ރޭގެ މޮޅާއެކު ލިވަޕޫލްގެ ޕޮއިންޓް ވަނީ 45 އަށް އަރާފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފް ލިވަޕޫލުން ނިންމާލީ ތިން ލަނޑުގެ ލީޑެއް ނަގައިގެންނެވެ. ލުއިޒް ޑިއާޒްއާއި. ކޮޑީ ގަކްޕޯ އަދި މުހައްމަދު ސަލާހު ގޯލު ޖެހިއިރު، ދެވަނަ ހާފުގައި ޓްރެންޓް އެލެގްޒެންޑަރ އާނަލްޑް އާއި ޑިއޯގޯ ޖޯޓާ ވަނީ ގޯލު ޖަހައިދީފައެވެ.
ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ކްރިސްޓަލް ޕެލަސް އިން ސައުތެމްޓަން އަތުން 2-1 އިން މޮޅުވިއިރު، ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި ވުލްވްސް 2-2 އިން ވީ އެއްވަރެވެ. ބޯންމައުތު އާއި ފުލަމް ވެސް 2-2 އިން ވީ އެއްވަރެވެ.









