އައިޖީއެމްއެޗްގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލައެއްގައި ހައްޔަރުކުރެވުނު މ.ސްޓަރ، 48 އަހަރުގެ މުޙައްމަދު ރަޒީންގެ ބަންދަށް 5 ދުވަސް ކޯޓުން އިތުރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މަސްތުވާ ތަކެތީގެ މައްސަލައިގައި ޖަލުހުކުމެއް ތަންފީޒުކުރަން ޖެހުނު ރަޒީނު ވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި އައިޖީއެމްއެޗްގެ ޑިއުޓީގައި ތިބި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައެވެ.

ވިލާ ކުންފުނީގެ އިސް މަޤާމެއް އަދާކުރި ރަޒީންގެ ބަންދު 5 ދުވަހަށް އިތުރުކޮށްދިނުމަށް ކޯޓުން ނިންމާފައިވެއެވެ. މި މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިއަށްދާއިރު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅުމަކީ ޤާނޫނީ ގޮތުން ކުށެކެވެ.