ހައުސިންގ މިނިސްޓްރީގެ ލިޔެކިއުންތަކެއް އެނދުމާއި ގުޅިގެން ގެދޮރުވެރިޔާ ފްލެޓްތަކަށް އަލުން ފޯމު ލުމުގެ ފުރުސަތު ހުޅުވާލައިފިކަމަށް ބުނެ ލިންކަކާއެކު ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ.

މި މެސެޖަކީ ދޮގު މެސެޖެއް ކަމަށާއި، މިފަދަ މެސެޖުތަކަށް އޮޅުވާލައިގެން ނުވާނެ ކަމަށް ފުލުހުން ވަނީ އާންމުންނަށް އިންޒާރުދީފައެވެ. އަދި މިފަދަ މެސެޖުތަކަށް އިތުބާރުކޮށް، އެ މެސެޖުތަކުގައިވާ ލިންކުތަކަށް ވަނުމުގެ ބަދަލުގައި، ރަސްމީ ކަމާބެހޭ އިދާރާތަކުން ނެރޭ މަޢުލޫމާތުތަކަށް ރިޢާޔަތްކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.








