ތ. މަޑިފުށިން ގެއްލިގެން ހޯދަމުން އައި ހަސަން ނިހާލް 34އ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެެވެ.
ނިހާލް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށާފައިވަނީ އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 20:07 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެންނެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އިއްޔެ ނިހާލް ފެނިފައިވާ ކަމަށް ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.








