ރޭ އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅުވާން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު ދެމިނެޓުގައި ދެގޯލު ޖަހައި ހައިރާން ކުރަނިވި ގޮތަކަށް ޔުނައިޓެޑުން މެޗް ކާމިޔާބު ކޮށްފިއެވެ.

އެތިހާދުގައި ކުޅުނު ޑާބީ މެޗު ފަހަތުން އަރައި މެންޗެސްޓަރ ޔުނައިޓެޑުން ސިޓީ 2-1 އިން ބަލިކުރިއިރު، މެޗުގެ ފުރަތަމަ ލަނޑު 36 ވަނަ މިމެޓުގައި ޖެހީ ސިޓީގެ ޖޮސްކޯ ގްވާޑިއޯލް އެވެ. ނަމަވެސް މެޗުގެ ފަހު ދެ މިނެޓުގައި ޔުނައިޓެޑުން ދެ ލަނޑު ޖަހައި މެޗު ބަދަލުކޮށްލިއެވެ. އެގޮތުން 88 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ޕެނަލްޓީއަކުން ލަނޑެއް ޖެހިއެވެ. އަދި 90 ވަނަ މިނެޓުގައި އަމަދު ޑިއާލޯ ޖެހި ލަނޑުން ޔުނައިޓެޑުން މެޗު ކާމިޔާބުކުރިއެވެ.

މި މޮޅާއެކު ޔުނައިޓެޑް މިހާރު ވަނީ 16 މެޗުން 22 ޕޮއިންޓާއެކު 13 ވަނައަށް އަރައިފައެވެ. އަދި ސިޓީ މިހާރު އޮތީ 16 މެޗުން 27 ޕޮއިންޓާއެކު 5 ވަނައިގައެވެ.