Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިސް ރަށްވެހިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި "ހުރާ އެކުވެރި ހިޔާ" މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި

އިސް ރަށްވެހިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި "ހުރާ އެކުވެރި ހިޔާ" މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި

އާނާ ފަހީމް
577 ދުވަސް ކުރިން - 14 ޑިސެންބަރު 2024 21:15
އިސް ރަށްވެހިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި "ހުރާ އެކުވެރި ހިޔާ" މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި
ޚުލާސާ

ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމްގެ ވައުދަކާ އެއްގޮތަށް ކ.ހުރާގައި އިސް ރަށްވެހިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި "ހުރާ އެކުވެރި ހިޔާ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފި.

މާލެ އަތޮޅު ހުރާގައި އިސް ރަށްވެހިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި "ހުރާ އެކުވެރި ހިޔާ" މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ. މި ހިޔާއަކީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ކެމްޕެއިން ދުވަސްވަރު ވެވަޑައިގެންނެވި ވައުދަކާއި އެއްގޮތަށް އެރަށުގެ ދެކުނު ފަރާތުގައި ތަރައްޤީކޮށްފައިވާ ތަނެކެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ މިފަދަ ތަންތަނަކީ އެކި އުމުރުފުރައިގެ މީހުން އެއްވެ، ވާހަކަދައްކައި، ޚިޔާލު ބަދަލުކުރުމަށް މުހިންމު ތަންތަން ކަމަށެވެ. "އަޅުގަނޑުމެންގެ ޖީލު މިއަދު މިވަނީ ވަރަށް ބޮޑަށް ޑިޖިޓަލް ވަސީލަތްތަކާއެކު ވަގުތު ހޭދަކުރަން އާދަވެފައި. މިފަދަ ދުވަސްވަރެއްގައި އެކަކު އަނެކަކާއި ބައްދަލުވެ ވާހަކަދައްކައި ޚިޔާލު ބަދަލުކޮށް ހެދުމަކީ ނުހަނު މުހިންމުކަމެއް," މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވީ މި ހިޔާ އެޅުމުގެ މަޤްޞަދަކީ އިސްރަށްވެހިންނާއި އެކި އުމުރުފުރައިގެ މީހުން އެއްތަނަކަށް އެއްވެ، ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި މި ހިޔާއަށް ގިނަ އަދަދެއްގެ ފޮތްތައް ހަދިޔާކުރައްވާފައިވާ ކަމަށާއި، އެކި އުމުރުފުރައިގެ މީހުން އެތަނަށް އައިސް ފޮތް ކިޔައި، މަޝްވަރާކޮށް، އުފާވެރި ވަގުތުތަކެއް ހޭދަކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement 1

ޖުމްލަ 23 ދުވަހުގެ ތެރޭގައި ނިންމާފައިވާ މި ހިޔާ ހުޅުވުމާއި ގުޅިގެން ހުރާގެ ބައެއް އިސް ރަށްވެހިން ވަނީ އުފާފާޅުކޮށްފައެވެ. އެ ފަރާތްތަކުން ބުނީ މިއީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، ގޭގައި އަބަދު ތިބުމުގެ ބަދަލުގައި އެތަނަށް ގޮސް ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބުނީތީ އުފާކުރާ ކަމަށެވެ.

މެޑަމް ސާޖިދާ މުހައްމަދުކ. ހުރާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ފަސްޓް ލޭޑީ

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ސާޖިސާ

24 ދުވަސް ކުރިން - 00:19

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

30 ދުވަސް ކުރިން - 18:45

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

66 ދުވަސް ކުރިން - 16:12

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

70 ދުވަސް ކުރިން - 15:25

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

72 ދުވަސް ކުރިން - 16:02

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

80 ދުވަސް ކުރިން - 00:52