ދިވެހި ފުލުހުންގެ ޚިދުމަތުގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން ބާއްވައިފިއެވެ.
މި ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އައްޑޫސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެން ލޯ އެންފޯސްމަންޓުގައެވެ.
ފުލުހުން ބުނީ ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުން 171 އޮފިސަރުން ދަސްވެނިވެފައިވާ ކަމަށެވެ.
މި ކޯހުން ކޮމިޝަނަރސް އެކްސެލެންސް އެވޯޑާއި ބެސްޓް އޯލް ރައުންޑް ސްޓޫޑެންޓްގެ އެވޯޑް ޙާޞިލުކޮށްފައިވަނީ ކޮންސްޓަބަލް ހަސަން ޝާމިލް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުން ކޮމިޝަނަރސް އެކްސެލެންސް އެވޯޑާއި ބެސްޓް އޯލް ރައުންޑް ސްޓޫޑެންޓްގެ އެވޯޑް ޙާޞިލުކޮށްފައިވާ ކޮންސްޓަބަލް ހަސަން ޝާމިލް އަށް ތައުލީމާއި ބެހޭ ވަޒީރު އެވޯޑު ޙަވާލުކުރައްވަނީ. / ފޮޓޯ: ފުލުހުން
ފުލުހުން ވަނީ މި ކޯސް ކުރިއަށް ދިޔަ މުއްދަތުގައި ބައިވެރިންގެ ޢާއިލާތަކުން ވެދެއްވި އެއްބާރުލުމާއި ޤުރުބާނީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ. އަދި ކޯހުގެ ދަސްވެނިން މުޖުތަމަޢަށް ޚިދުމަތްކޮށް ޙިމާޔަތްކުރުމުގެ މި އާ ބާބު ފަށާއިރު، އިޚްލާޞްތެރިކަމާއި، އޯގާތެރިކަމާއި، ޚިދުމަތުގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި ދެމިތިބުމަށް ފުލުހުން ވަނީ ނަސޭޙަތްތެރިވެފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން އަދި ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.









