Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކްލަބް ވޯލްޑްކަޕް: ސިޓީއާއި ޔުވެންޓަސް އެއް ގުރޫޕަކަށް

ކްލަބް ވޯލްޑްކަޕް: ސިޓީއާއި ޔުވެންޓަސް އެއް ގުރޫޕަކަށް

އުސްތާޛް މުޙައްމަދު ޢަލީ
596 ދުވަސް ކުރިން - 7 ޑިސެންބަރު 2024 08:35
ކްލަބް ވޯލްޑްކަޕް: ސިޓީއާއި ޔުވެންޓަސް އެއް ގުރޫޕަކަށް
ޚުލާސާ

އަންނަ އަހަރުގެ ޖޫން 15 އިން ޖުލައި 13 އަށް އެމެރިކާގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އިންޓަރ މަޔާމީ އާއި މިސްރުގެ އަލް އަހުލީ.

ފީފާ ކުލަބު ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އިޓަލީ ސެރީ އޭގެ ހަވަނައިގައި މިވަގުތު އޮތް ޔުވެންޓަސް އާއި އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ. 

ގިނަ އަހަރު ތަކަކަށްފަހު މުޅިން އައު ފޯމެޓަކަށް ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑް ކަޕް މުބާރާތް ބަދަލުކޮށްފައިވާއިރު މި ފަހަރުގެ މުބާރާތުގައި 32 ޓީމު ވާދަކުރާނެ އެވެ. އަންނަ އަހަރުގެ ޖޫން 15 އިން ޖުލައި 13 އަށް އެމެރިކާގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގުރޫޕް އޭ ގެ އެމެރިކާގެ އިންޓަރ މަޔާމީ އާއި މިސްރުގެ އަލް އަހުލީ އެވެ. 

Advertisement

Advertisement 1

ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއްވެސް ތިން މެޗު ކުޅޭނެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ހިމެނޭ ގްރޫޕް ޖީ ގައި ދެން ހިމެނެނީ ޔުވެންޓަސްގެ އިތުރުން މޮރޮކޯގެ ވައިދާދް އާއި ޔޫއޭއީގެ އަލް އައިން އެވެ. 

ސްޕެއިން އެތްލެޓިކޯ މެޑްރިޑް އާއި ފްރާންސްގެ ޕީއެސްޖީގެ އިތުރުން މެކްސިކޯގެ ބޮޓަފޮގޯ އަދި އެމެރިކާގެ ސިއޭޓަލް ސައުންޑާސް ގްރޫޕް ބީ ގައި ހިމެނިފައިވާއިރު، 2021 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ހޯދި ޗެލްސީ ހިމެނިފައިވާ ގްރޫޕް ޑީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ މެކްސިކޯގެ ލިއޯން އާއި ޓިއުނީޝިއާގެ އެސްޕެރަންސޭ އާއި ބްރެޒިލްގެ ފްލެމިންގޯ އެވެ. 

މި މުބާރާތުގައި ހިމެނޭ 32 ޓީމުގެ ތެރެއިން 12 ޓީމަކީ ޔޫރަޕްގެ ޓީމުތަކެވެ. ޔޫރަޕުން މި މުބާރާތުގައި ވާދަކުރާ ޓީމުތައް ފައިނަލް ކޮށްފައިވަނީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ދައްކާފައިވާ ކުޅުމަށް ބެލުމަށްފަހުގަ އެވެ. 

މި ދެޓީމު އެންމެ ފަހުން ބައްދަލުކުރީ ޗެމްޕިއަންސް ލީގުގައި 2015 ވަނަ އަހަރު ނޮވެމްބަރު 25 ވަނަ ދުވަހުއެވެ. އެ މެޗު ކާމިޔާބުކުރީ ޔުވެންޓަސް އިންނެވެ. އަދި އޭގެ ކުރިން ސެޕްޓެމްބަރު 15 ގައި ކުޅުނު މެޗުން ވެސް ސިޓީ ވަނީ ބަލިވެފައެވެ. އެފަހަރު ސިޓީގެ މައްޗަށް ޔުވެންޓަސް ކުރި ހޯދީ 1-2 ލަނޑުންނެވެ.

މެންޗެސްޓަރ ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

26 ދުވަސް ކުރިން - 23:04

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

62 ދުވަސް ކުރިން - 12:14

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެކުލަބު ދޫކޮށްލަނީ

64 ދުވަސް ކުރިން - 23:13

ކްރިސްޓަލް ޕެލަސް ބަލިކޮށް ސިޓީން ތަށީގެ އުންމީދު ދަމަހައްޓައިފި

ޕެލަސް ބަލިކޮށް ސިޓީން ތަށީގެ އުންމީދު ދަމަހައްޓައިފި

73 ދުވަސް ކުރިން - 12:32

ސިޓީ މޮޅުވިއިރު ޔުނައިޓެޑް، ޗެލްސީ އަދި ލިވަޕޫލަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

ބޮޑެތި ކުލަބުތައް އެއްވަރުވިއިރު ސިޓީއަށް ތިން ޕޮއިންޓު

77 ދުވަސް ކުރިން - 23:53