ކ. ދިއްފުށީގައި ޤާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުން އެ ރަށުގައި ގާއިމުވެތިބެ ޚިދުމަތްދޭން ފަށައިފިއެވެ.
ފުލުހުން ބުނީ އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ދިއްފުށި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ދިއްފުށި ކައުންސިލު ރައީސް އިބްރާހީމް ސުނިލް ކަމަށެވެ.
ދިއްފުށި ޕޮލިސް ޕޯސްޓު ހުޅުވައި ޕޮލިސް ޕޯސްޓުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސް އިބްރާހީމް ސުނިލް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ދިއްފުށި ކައުންސިލާއި މުއްސަސާތަކުގެ މުވައްޒަފުންނާއި އާންމު ބައެއް ރައްޔިތުން ބައިވެރިވެލެއްވި ކަމަށް ފުލުހުން ބުންޏެވެ.









