Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑިބްރޭނާއާއި ދެމެދު މައްސަލައެއް އުޅޭކަން ގާޑިއޯލާ ދޮގު ކޮށްފި

ޑިބްރޭނާއާއި ދެމެދު މައްސަލައެއް އުޅޭކަން ގާޑިއޯލާ ދޮގު ކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
644 ދުވަސް ކުރިން - 4 ޑިސެންބަރު 2024 20:04
ޑިބްރޭނާއާއި ދެމެދު މައްސަލައެއް އުޅޭކަން ގާޑިއޯލާ ދޮގު ކޮށްފި
ޚުލާސާ

ގާޑިއޯލާ ބުނީ ޑިބްރޭނާއާ ދެމެދު މައްސަލައެއް ނެތް ކަމަށާއި، މެޗުތަކަށް ނާރުވަނީ އެ ފެންވަރު އޭނާގެ ކިބައިގައި ނެތުމުން. އެއީ ފިޓްނަސް ކަމަށާއި ކުރީގެ ފޯމު އޭނާގެ އުމުރުގެ ސަބަބުން ގެއްލިފައިވާ ކަމަށް.

ކެވިން ޑި ބްރޭނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް މެންޗެސްޓަރ ސިޓީގެ މެނޭޖަރު ޕެޕް ގުއާޑިއޯލާ ބުނެފިއެވެ.

އެ ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު. ބެލްޖިއަމްގެ މިޑްފީލްޑަރު ޑި ބްރޭނާއަކީ މި ސީޒަނުގައި ވެސް އަނިޔާ ތަކާއި ކުރިމަތިލާންޖެހުނު ކުޅުންތެރިއެކެވެ. 2024-25 ވަނަ އަހަރުގެ ޕްރިމިއަރ ލީގުގައި ގާޑިއޯލާގެ ފުރަތަމަ އެގާރައިގެ ތެރޭގައި އޭނާ ހިމެނިފައިވަނީ އެންމެ ހަތަރު މެޗުގައެވެ.

ބަނޑުގެ މައްސަލައެއްގެ ސަބަބުން އަށް ހަފްތާއަށް ނުކުޅެވި ހުރުމަށްފަހު އެނބުރި އައި ފަހުން، ގާޑިއޯލާ ޑި ބްރޭނާ އަށް ފުރުސަތު ދިނީ އެންމެ ފަސް މެޗުގައެވެ. އެއީވެސް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ޖުމްލަ 72 މިނެޓަށެވެ.. އޭގެ ތެރެއިން އެންފީލްޑުގައި އާދީއްތަ ދުވަހު ކުޅުނު މެޗުގައި އޭނާއަށް ކުޅެވުނީ އެންމެ 12 މިނެޓެވެ. އެ މެޗުގައި ލިވަޕޫލް ވަނީ 2-0 އިން މޮޅުވެފައެވެ.

Advertisement

Advertisement 1

މި މެޗުގެ ސްކައި ސްޕޯޓްސްގެ ކަވަރޭޖުގައި ޖޭމީ ކެރަގަރާއި ގެރީ ނެވިލް ވެސް ވަނީ ގާޑިއޯލާ އާއި ޑި ބްރޭނާ އާ ދެމެދު "މައްސަލަތަކެއް އުޅޭކަން ފާހަގަ ކޮށްފައެވެ.

"މީހުން ބުނަނީ އަހަރެންނާއި ކެވިންއާ ދެމެދު މައްސަލައެއް އުޅޭ ކަމަށް. ކެވިން ނުކުޅުވައި ބެހެއްޓުމަކީ އަހަރެން ބޭނުންވާ ކަމެއް ކަމަށް ކަލޭމެންނަށް ހީވޭތަ؟ އެންމެ ހުނަރުވެރި ކުޅުންތެރިޔާ ނުކުޅުވައި ބެހެއްޓުން އެއީ އަހަރެން ބޭނުންވާ ކަމެއްތަ؟ ނުވަ އަހަރު އެކުގައި މަސައްކަތްކުރުމަށްފަހު އަހަރެންނާއި އޭނާއާ ދެމެދު ޕަރސަނަލް މައްސަލައެއް އުޅޭ ކަމަށް ކަލޭމެނަށް ހީވޭތަ؟" ގުއާޑިއޯލާ ބުނެފައިވެއެވެ.

"އޭނާވަނީ މި ކްލަބަށް އެންމެ ބޮޑު ކާމިޔާބީތައް ހޯދައިދީފައި. އަހަރެން ބޭނުންވަނީ އޭނާގެ އެންމެ ރަނގަޅު ފޯމު ފެންނާށް. އެކަމަކު އޭނާ ފަސް މަސް ދުވަހު އަނިޔާގައި ހުރި. އަދި ދެ މަސް ދުވަހު އަނިޔާގައި ހުރި. އޭނާގެ އުމުރަކީ 33 އަހަރު. އެންމެ ރަނގަޅު ފޯމު ހޯދުމަށް އޭނާއަށް ވަގުތު ބޭނުންވޭ."

ޑި ބްރޭނާއަށް 2023-24 ވަނަ އަހަރުގެ އޯގަސްޓް މަހުން ޖެނުއަރީ މަހާ ހަމައަށް ނުކުޅެވި ހުންނަން ޖެހުނީ 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި އިންޓަރ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި ފައިގެ މަސްގަނޑަށް ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ.

"އަހަރެން ވަރަށް ބޭނުން ކެވިން އެންމެ ރަނގަޅު ފޯމުގައި، 26 ނުވަތަ 27 އަހަރުގައި ހުރި ވަރަށް ހުރުން. އޭނާ ވެސް އެކަން ބޭނުންވާނެ. އެކަމަކު އޭނާގެ އުމުރަކީ މިހާރު 26 ނުވަތަ 27 އަހަރެއް ނޫން…އޭނާއަކީ ޖާގައާއި ހަކަތަ ބޭނުންވާ ގޮތަށް ޖިސްމާނީ ގޮތުން ފިޓްވާންޖެހޭ މީހެއް،" ގުއާޑިއޯލާ ބުނެފައިވެއެވެ.

 މި އަހަރުގެ ނިޔަލަށް އޭނާގެ ކޮންޓްރެކްޓް ހަމަވާއިރު، އައު ކޮންޓްރެކްޓަކާ ގުޅޭ މަޝްވަރާތައް އަދި ފެށިފައިނުވާ ކަމަށް ޑި ބްރޭނާ ބުނެފައިވެއެވެ. މިވަގުތު އޭނާ އަމާޒު ހިފާފައިވަނީ ފިޓްނަސް ހޯދުމަށެވެ.         

މެންޗެސްޓަރ ސިޓީ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

10 ގަޑިއިރު ކުރިން - 09:54

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

17 ދުވަސް ކުރިން - 15:31

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

71 ދުވަސް ކުރިން - 23:04

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

107 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

107 ދުވަސް ކުރިން - 12:14

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެކުލަބު ދޫކޮށްލަނީ

109 ދުވަސް ކުރިން - 23:13

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%