އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ ލިވަރޕޫލް އަތުން 2-0 ލަނޑުން މެންޗެސްޓަރ ސިޓީ ބަލިވެ މި ސީޒަނުގައި ޖެހިޖެހިގެން 4 ވަނަ ބައްޔާއި ގާޑިއޯލާ އަށް ކުރިމަތިލާން ޖެހިއްޖެއެވެ.
އެންފީލްޑުގައި ލިބުނު މޮޅާއެކު ލިވަރޕޫލް ވަނީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 34 ޕޮއިންޓާއެކު ހިފަހައްޓާލައިފައެވެ. ސިޓީ އޮތީ 5 ވަނައިގައި 23 ޕޮއިންޓާ އެކުގައެވެ.
ރޭ ލިވަރޕޫލްގެ ގޯލުތައް ޖެހީ ކޯޑީ ގަކްޕޯ އާއި މުހައްމަދު ސަލާހްއެވެ. ސަލާހް ޖެހީ 78 ވަނަ މިނެޓުގައި ޕެނަލްޓީއަކުންނެވެ. މިއީ މި ސީޒަންގައި ސަލާހްގެ 13 ވަނަ ގޯލެވެ. ގަކްޕޯގެ ފަސްވަނަ ގޯލެވެ.
މި މޮޅާއެކު ލިވަރޕޫލް ވަނީ މި ސީޒަންގައި ކުޅުނު 13 މެޗުގެ ތެރެއިން 11 މެޗުން މޮޅު ވެފައެވެ. އަނެއް މެޗުން ވީ އެއްވަރެވެ.
ސިޓީގެ މެނޭޖަރު ޕެޕް ގާޑިއޯލާ ބުނީ އެ ޓީމު ރީސެޓް ކުރުމަށްފަހު އަލުން ސުމަކުން ފަށަން ޖެހިފައިވާ ކަމަށާއި، ބޮޑެތި މެޗުތަކުގައި ޓީމުގެ ހަރުދަނާކަން އިތުރުކުރަން ޖެހޭ ކަމަށެވެ. "މިއަދު ލިވަރޕޫލް ފަދަ ޓީމެއް ބަލިކުރުމަށް ބޭނުންވާ ހަރުދަނާކަން އަޅުގަނޑުމެންގެ ކިބައިގައި ނެތް،" ގާޑިއޯލާ ބުންޏެވެ.









