Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެއާޕޯޓް ޓެކްސްއަށް ގެނައި އިޞްލާޙަށް ޢަމަލުކުރަން ފަށައިފި

އެއާޕޯޓް ޓެކްސްއަށް ގެނައި އިޞްލާޙަށް ޢަމަލުކުރަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
638 ދުވަސް ކުރިން - 1 ޑިސެންބަރު 2024 19:22
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު- މިއަދުން ފެށިގެން ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރިއިރު، އިކޮނޮމީ ކުލާހުން ދަތުރުކުރާ ދިވެހިންގެ ޓެކްސް ބޮޑެއް ނުކުރޭ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު- މިއަދުން ފެށިގެން ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރިއިރު، އިކޮނޮމީ ކުލާހުން ދަތުރުކުރާ ދިވެހިންގެ ޓެކްސް ބޮޑެއް ނުކުރޭ.
ޚުލާސާ

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް ބޮޑުކުރި ކަމުގައި ވިޔަސް، އިކޮނޮމީ ކުލާހުން ދަތުރުކުރާ އެއްވެސް ދިވެއްސެއްގެ އަތުން ނަގާ ފީ ބޮޑެއް ނުކުރޭ.

މިއަދުން ފެށިގެން ރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް ބޮޑުކޮށްފިއެވެ. މިއީ ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާއި ބެހޭ ގޭ ގާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެން ގެނެވުނު ބަދަލެކެވެ.

މި ބަދަލާއި އެކު، އިކޮނޮމީ ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކްސްއަށް ބަދަލެއް ނައި ނަމަވެސް، ބިދޭސީންގެ އަތުން ނަގަމުން އައި 30 ޑޮލަރުގެ ބަދަލުގައި މިހާރު ނަގާނީ 50 ޑޮލަރެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުވެފައިވާއިރު، ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް އިތުރުވެފައިވެއެވެ.

އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ފަރާތްތަކަށެވެ. މިގޮތުން، ކުރިން 120 ޑޮލަރު ނަގަމުން އައި ތަނުގައި މިހާރު ނަގާނީ 480 ޑޮލަރެވެ. މިއީ 300 ޕަސެންޓުގެ އިތުރުވުމެކެވެ.

Advertisement

Advertisement 1

މި ބަދަލުތަކާއި ގުޅިގެން މިއަދުން ފެށިގެން ދަތުރުކުރާ ފަރާތްތަކުގެ ޓިކެޓުން މި އަދަދުތައް ޗާޖުކުރަން ފަށާނެ ކަމަށް މީރާއިން ވަނީ އިއުލާންކޮށްފައެވެ. ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރާނީ ޤައުމުގެ ރިޒާވް އިތުރުކުރުމަށެވެ. އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އަށް އިތުރުވާ އަދަދު ޖަމާކުރާނީ މިހާރެކޭ އެއްގޮތަށް ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަށެވެ.

ސަރުކާރުގެ ޕްލޭނަކީ ޢާންމު ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީ ބޮޑު ނުކޮށް އިޤްތިޞާދު ފުޅާ ކުރުމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި ބަދަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ އަތުން ނެގޭ ޖީއެސްޓީއަކަށް ބަދަލެއް ނައިސް އިޤްތިޞާދު ފުޅާ ވާނެއެވެ. ފިނޭންސް މިނިސްޓްރީގެ އަންދާޒާގައި، މި ބަދަލުތަކާއި ގުޅިގެން ދައުލަތުގެ އާމްދަނީއަށް 1.5 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

މީރާޓެކްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

5 ގަޑިއިރު ކުރިން - 18:54

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

5 ގަޑިއިރު ކުރިން - 18:26

މިއީ އާ ޓެކްސެއް ނޫން: ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

14 ދުވަސް ކުރިން - 19:40

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

43 ދުވަސް ކުރިން - 12:41

ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

ޓެކްސްގެ އާމްދަނީ އިތުރުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

46 ދުވަސް ކުރިން - 10:22

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

49 ދުވަސް ކުރިން - 10:15