މާލެ މަގުމަތީގައި ވެއްޓިފައި އޮތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަރުވެފައިވަނީ ސ. ހިތަދޫ / ސޯސަންގެ، އަހުމަދު ޝަރީފް (53އ) ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ އާޓިފިޝަލް ބީޗު ކައިރިން މަގުމައްޗަށް ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:56 ގައި ކަމަށެވެ. އަދި އެކަމުގެ ރިޕޯޓު ލިބުމާއެކު އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހޮސްޕިޓަލާ ޙަވާލާދީ ފުލުހުން ބުނީ އެމީހާއަށް ފަރުވާ ދެމުން ދަނިކޮށް 10:03 ހާއިރު މަރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ޙާދިސާ ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.









