އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން ފައިސާ ހޯދާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ކަމަށެވެ،
ފުލުހުން ބުނި ގޮތުގައި ހެކްކޮށްފައި ވަނީ އަންހެނެއްގެ ފޭސްބުކް އެކައުންޓެވެ. އެ އެކައުންޓުން އެކި މީހުންނަށް މެސެޖުކޮށްގެން ދަނީ ފައިސާ ހޯދަމުންނެވެ.
ނަމަވެސް، އެ އެކައުންޓުން މިހާތަނަށް ހޯދީ ކިހައި އަދަދެއްގެ ފައިސާ ކަމާއި އެ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން އަދި ނުބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފޭސްބުކް އެކައުންޓް ހެކްކޮށްގެން މީހުން އަތުން ފައިސާ ހޯދާ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނަ އެވެ. އެހެންވެ، މި ކަހަލަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެ އެވެ،









