އުމުރުން 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 51 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރާއްޖޭގެ ދެކުނުގެ ސަރަޙައްދެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ހުށަހެޅުމާއި ގުޅިގެން އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށާއި އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ 51 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން މި މައްސަލައިގައި އިތުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް ޚަބަރު ލިބޭ ގޮތުގައި ހައްޔަރުކުރީ ކުދިންނަށް ޤުރުއާން ކިޔަވައިދޭ މުދިމެކެވެ.