460 ކިލޯ މަސްތުވާތަކެތި ހިފައިގެން ރާއްޖެ ސަރަހައްދަށް ވަގަށް ވަދެ އުޅުނު ލަންކާގެ މަސްބޯޓެއް އަތުލައިގެންފިއެވެ.
އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުގައި ފުލުހުންގެ ސީޕީ އަލީ ސުޖާއު ވިދާޅުވީ އެ ބޯޓު ފެނިފައިވަނީ ހދ. މަކުނުދޫ ބޭރުން ރޭ ދަންވަރު 12:40 ކަން ހާއިރު ކަމަށާއި. މިއަދު ހެނދުނު 9:30 ގައި އެ ބޯޓު ކުޅުދުއްފުށި ސިޓީ ބަނދަރަށް ގެނެސް ފުލުހުން އަރައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރެވުމުން ވެސް ވަނީ، މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ މެތަށާއި ކޮކެއިންއަށް ޕޮޒިޓިވް ވެފައި ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
މި ބޯޓުގައި ތިބީ ލަންކާއަށް ނިސްބަތްވާ 5 މީހުންނެވެ.









