Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ޤާނޫނީ ލިޔުންތައް ފޮނުވުމަށް ހަމަޖެހިފައިވާ ގޮތަށް ބަދަލުގެނެސްފި

ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ޤާނޫނީ ލިޔުންތައް ފޮނުވުމަށް ހަމަޖެހިފައިވާ ގޮތަށް ބަދަލުގެނެސްފި

އަައިޝަތު ޒީނާ
671 ދުވަސް ކުރިން - 24 ނޮވެންބަރު 2024 14:06
ރައީސް އޮފީސް. / ފޮޓޯ: ޚުލާސާ
ރައީސް އޮފީސް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް އެދި، ޤާނޫނީ ލިޔުންތައް ފޮނުވާނީ، legalaffairs@po.gov.mv އީމޭލަށް ކަމަށް ރައީސް އޮފީހުން ބުނި.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުވާ ޤާނޫނީ ލިޔުންތައް (ޤަވާޢިދުތަކާއި، އުސޫލުތައް) ފޮނުވުމަށް ހަމަޖެހިފައިވާ ގޮތަށް ބަދަލު ގެނެސްފިއެވެ.

މި ބަދަލު ގެނެސްފައިވާކަން ހާމަކުރީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމުގައެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ބުނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް އެދި، ދައުލަތުގެ އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތަކުން ފޮނުވާ ޤާނޫނީ ލިޔުންތައް އޮފީހަށް ފޮނުވުމުގައި ޢަމަލުކުރަމުން ގެންދާ ގޮތަށް، 24 ނޮވެންބަރު 2024 ވާ އާދީއްތަ ދުވަހުން ފެށިގެން ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށާއި، ދައުލަތުގެ އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތަކުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް އެދި، ޤާނޫނީ ލިޔުންތައް ފޮނުވާނީ، legalaffairs@po.gov.mv  އީމޭލަށް ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާކަމަށެވެ.

Advertisement

Advertisement 1

ރައީސް އޮފީހުން ބުނީ ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުވާ ލިޔުމެއްގައި އިޞްލާޙުކުރަންޖެހޭ ކަންކަން ހުރި ނަމަ، އެ ކަންކަން އިޞްލާޙުކުރުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް އެންމެ ފަހުގެ ދެލިކޮޕީ ފޮނުވާއިރު، ދައުލަތުގެ އެކި ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުން ހިންގަމުންދާ މުއައްސަސާތަކާއި އިދާރާތަކުން ފޮނުވާނީ، ރައީސް އޮފީހުގެ ނަންބަރު 2015/4 (ރަސްމީ ލިޔުންތަކުގައި ސޮއިކުރެއްވުމާއި ސިޓީ އެޑްރެސްކުރެއްވުން) ދެންނެވުމުގައި، ރައީސް އޮފީހަށް ފޮނުވާ ލިޔުންތަކުގައި ސޮއިކުރުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ގޮތަށް، އެ ވުޒާރާގެ ވަޒީރު ނުވަތަ އެ ވަގުތަކު އެ ވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކު ސޮއިކުރައްވައިފައިވާ ލިޔުމަކާއެކުގައި ކަމަށެވެ.

ދައުލަތުގެ އެކިއެކި ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުން ހިންގަމުންދާ މުއައްސަސާތައް ފިޔަވައި ދައުލަތުގެ އެހެން އިދާރާތަކާއި މުއައްސަސާތަކުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް އެންމެ ފަހުގެ ދެލިކޮޕީ ފޮނުވާނީ ވެސް ރައީސް އޮފީހަށް ފޮނުވާ ލިޔުންތަކުގައި ސޮއިކުރުމާ ގުޅޭގޮތުން ހަވާލާދީފައިވާ ދެންނެވުމުގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ތަނެއްގެ އެންމެ އިސްވެރިޔާ ނުވަތަ އެ ތަނެއް އެ ވަގުތަކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކު ސޮއިކުރައްވައިފައިވާ ލިޔުމަކާއެކުގައި، ދެންނެވުމުގައި ބަޔާންކޮށްފައިވާ އީމޭލަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ގެޒެޓުގައި ޝާއިޢުކުރުމަށް، ޤާނޫނީ ލިޔުންތައް ފޮނުވާއިރު، ބަންޑާރަ ނައިބުގެ ޤާނޫނީ ލަފާ ހޯދަން ޖެހޭ ދައުލަތުގެ އިދާރާތަކުން އެ ލަފާ ހޯދައި، އެ ލަފައާއި އެއްގޮތަށް ޤާނޫނީ ލިޔުންތައް ތައްޔާރުކޮށް، ބަންޑާރަ ނައިބުގެ ޤާނޫނީ ލަފައާއި އެކު ފޮނުވުމަށާއި، އެ ލިޔުމަކާ ގުޅޭގޮތުން ރައީސް އޮފީހުގެ ފަރާތުން އެ ވުޒާރާއަކާ ނުވަތަ އެ މުއައްސަސާއަކާ ނުވަތަ އެ އިދާރާއަކާ މުޢާމަލާތުކުރާނެ ބޭފުޅެއްގެ ނަމާއި މަޤާމާއި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ފޮނުވަމުން ގެންދިއުމަށާއި، ޤާނޫނީ ލިޔުންތައް ފޮނުވާއިރު ބަހުގެ ހަމަތަކަށާއި ޤާނޫނީ ހަމަތަކަށް ރަނގަޅަށް ބަލައި ކުށް ފިލުވުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ޤާނޫނީ ލިޔުންތައް ތައްޔާރުކުރާ ފޯމެޓުގައި ފޮނުވުމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް އެދި، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އިދާރާތަކުން ފޮނުވާ ޤާނޫނީ ލިޔުންތައް ރައީސް އޮފީހަށް ފޮނުވުމުގައި ޢަމަލުކުރަމުން ގެންދާ ގޮތަށް ބަދަލު ގެނައި ކަމުގައި ވިޔަސް، ރައީސް އޮފީހުގެ ނަންބަރު 2010/11 (ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ޤަވާޢިދު ހެދުން) ދެންނެވުމާއި، ރައީސް އޮފީހުގެ ނަންބަރު 2010/25 (ސަރުކާރުގެ އޮފީސްތަކުން ގެޒެޓްކުރުމަށް ޤަވާޢިދު ފޮނުވާއިރު، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާއެކު ފޮނުއްވުން) ދެންނެވުމަށް ބަދަލެއް ގެނެސްފައި ނުވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި

ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި

583 ދުވަސް ކުރިން - 20:42

ދޮގު ޚަބަރު ފަތުރާ ނޫހަކާއިމެދު ފިޔަވަޅު އެޅުމަށް ރައީސް އޮފީހުން ނިންމައިފި

ދޮގު ފަތުރާ ނޫހަކާއިމެދު ފިޔަވަޅު އެޅުމަށް ނިންމައިފި

585 ދުވަސް ކުރިން - 16:14

ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑި ހާމަކޮށްފި

ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑި ހާމަކޮށްފި

585 ދުވަސް ކުރިން - 13:26

އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރުމަށް ގެންނަންޖެހޭ ބަދަލުތައް ރައީސް ކަނޑައަޅުއްވައިފި

އާސަންދައިގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް

585 ދުވަސް ކުރިން - 13:21

ފަސް ވަޒީރުންނާއެކު "އަހާ" ފޯރަމްގެ އިތުރު ބުރެއް މިރޭ

ފަސް ވަޒީރުންނާއި ސުވާލުކުރުން މިރޭ

588 ދުވަސް ކުރިން - 11:26

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އާދިއްތަ ދުވަހު ހުޅުވާލަނީ

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހަޅަން ހުޅުވާލަނީ

592 ދުވަސް ކުރިން - 15:10