މިރޭ ހުޅުމާލޭ މަގުމަތިން ފުލުހަކަށް ވަޅިން ހަމަލާދޭން މަސައްކަތް ކޮށްފިއެވެ.

ފުލުސް އޮފިސަރުގެ ގަޔަށް ވަޅި ހަރައި ޒަޚަމް ކޮށްލަން މަސައްކަތްކުރީ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ މިހާރު ހައްޔަރުކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ..

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުންގެ ފަރާތުން އަދި ލިބިފައެއް ނުވެއެވެ.