ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުޤީޤު ކުރަމުން އަންނަ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަން އިއުލާނުކޮށްފައިވަނީ ހއ. ފިއްލަދޫ / ލޫވަރ، ޢިމްރާން މުޙައްމަދު (32އ) އެވެ.
ފުލުހުން ވަނީ އެ މީހާއާ ގުޅޭ އެއްވެސް މަޢޫލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ ހެންވޭރު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9400054 އަށް ގުޅައި ޙިއްސާކުރުމަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.









