އއ. ރަސްދޫގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓްގެ ބިންގާ މިއަދު އަޅައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބިންގާ އެޅުއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދެވެ.
2023 ވަނަ އަހަރު ކުރީގެ ޕްލޭނިންގެ މިނިސްޓްރީން މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އއ. ރަސްދޫގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިޔާތު. pic.twitter.com/rtLfOPEB8B
— Ministry of Housing, Land and Urban Development (@MHLUDmv)
?t=y2rKeNMYtXP2-dJacdB8nQ&s=19
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ކުރިއަށްގެންދިއުމަށް ޙަވާލުކުރި މި މަޝްރޫޢަކީ 84.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން އަޅާ ކޮންމެ ހައުސިންގ ޔުނިޓެއްގައި 1000 އަކަފޫޓު ހުންނާނެއެވެ. ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރިއާއި ތިން ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެއެއްގެ އިތުރުން ސްޓޯ ރޫމަކާއި ލޯންޑްރީ ރޫމެއް ހިމެނޭނެއެވެ.
މި ހައުސިންގ ޔުނިޓުތައް އެޅުމަށްފަހު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށްޓަކައި ޔުނިޓުތައް ވަށައިގެން އަލިކުރެވޭނެއެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއްވެސް ގާއިމްކުރެވޭނެކަމަށް މީގެ ކުރިން ޕްލޭނިންގ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



