އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އާބަން ސެންޓަރުތައް ޤާއިމުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، މި ދެ ސަރަޙައްދުން ބޭރުން ހަތް އާބަން ސެންޓަރު ޤާއިމުކުރުމަށް ރައީސް މުޢިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ.
އާބަން ސެންޓަރުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫ ހިމެނެއެވެ.
ހައުސިން މިނިސްޓްރީން މި މަޢުލޫމާތު ހާމަކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، އާބަން ސެންޓަރުތަކާ ގުޅޭ މަޢުލޫމާތު އޮޅުންއަރާ ފަދަ ގޮތަކަށް ފަތުރަމުންދާތީއެވެ..
މި އިޢުލާނާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައީސް މުޢިއްޒު ވަނީ ރައްދު ދެއްވާފައެވެ. ރައީސް ވިދާޅުވީ ކަންކަމުގެ ޙަޤީޤަތް ނުބައްލަވައި ނުވަތަ ޙަޤީޤަތް އެނގިހުރެ ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ކުރާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރާ ފަރާތްތަކުން ކަމަށެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ބުންޏެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ވަޞީލަތްތައް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.



