Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔަމާލްގެ އަނިޔާއާއި ގުޅިގެން ސްޕެއިން ކޯޗު ރިއެކްޓް ކޮށްފި

ޔަމާލްގެ އަނިޔާއާއި ގުޅިގެން ސްޕެއިން ކޯޗު ރިއެކްޓް ކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
620 ދުވަސް ކުރިން - 12 ނޮވެންބަރު 2024 12:30
ޔަމާލްގެ އަނިޔާއާއި ގުޅިގެން ސްޕެއިން ކޯޗު ރިއެކްޓް ކޮށްފި
ޚުލާސާ

ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗް ލުއިސް ދެ ލަ ފުއެންޓެ، ބާސެލޯނާގެ ޔަމާލްގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ސްޕެއިންގެ ސްކޮޑަށް ކުރިޔަށް އޮތް މެޗަށް ނުނެގުމާއިމެދު ޚިޔާލުފާޅުކޮށް، އަވަސް ޝިފާއަށް އެދިއްޖެ.

ބާސެލޯނާގެ ތަރި ޔަމާލްގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗް ލުއިސް ދެ ލަ ފުއެންޓެ ރިއެކްޓް ކޮށްފިއެވެ.

ލަސް ރޯޒާސްގައި އިއްޔެ ވާހަކަދައްކަމުން ދެ ލަ ފުއެންޓެ ބުނީ، ބާސެލޯނާއިން ފޮނުވި މެޑިކަލް ރިޕޯޓުތަކަށް ބަލާއިރު، ޔަމާލް މެޑްރިޑަށް ދަތުރުކުރުމުގެ ބޭނުމެއް ނެތްކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭނާ އަވަހަށް ރަނގަޅުވުމަށް އެދޭ ކަމަށްވެސް ބުންޏެވެ.

"ހުރިހާ ކްލަބްތަކުން ވެސް ކުރާ ފަދައިން، ބާސެލޯނާއިން އަޅުގަނޑުމެންނަށް ކަމާގުޅޭ ޓެސްޓުތަކާއެކު ރިޕޯޓު ފޮނުވި. އަދި އަޅުގަނޑުމެން ދެކެނީ އޭނާ އަނެއްކާވެސް ދަތުރުކޮށް އެ ޕްރޮސެސް ތަކުރާރުކުރުމުގެ ބޭނުމެއް ނެތް ކަމަށް،" ދެ ލަ ފުއެންޓެ ބުންޏެވެ.

Advertisement

Advertisement 1

ބާސެލޯނާގެ ރިޕޯޓުގައިވާ ގޮތުން، ޔަމާލްގެ ކަނާތު ކަކުލުގެ ސިންޑެސްމޯސިސްއަށް އަނިޔާއެއް ލިބިފައިވާ ކަމަށާއި، މި އަނިޔާގެ ސަބަބުން 2-3 ހަފްތާއަށް އޭނާ ކުޅުމުން ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ރިއޯޖަން ކޯޗު، ޔަމާލްގެ ބަދަލުގައި ބްރަޔަން ގިލް (ޖިރޯނާ) ވަނީ ސްކޮޑުގައި ހިމަނާފައެވެ. މި ސްކޮޑަކީ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ޑެންމާކާ އަދި ސަންތަ ކްރޫޒް ދެ ޓެނެރީފޭގެ ހެލިއޮދޯރޯ ރޮޑްޖި ރިގެޒް ލޯޕެޒް ސްޓޭޑިއަމްގައި ސުވިޒަލޭންޑާއި ދެކޮޅަށް ކުޅޭ ނޭޝަންސް ލީގު މެޗުތަކުގައި ވެސް ބައިވެރިވާނެ ސްކޮޑެވެ.

ދެ ލަ ފުއެންޓެ ބުނީ އަނިޔާތަކަކީ ހިތާމަވެރި ކަމެއް ކަމަށެވެ. "އެހެން ބާވަތުގެ މެޗުތަކެއް ކަމުގައި ވިޔަސް، އަނިޔާތައް ލިބޭނެ. އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ އަނިޔާވެފައިވާ ކުޅުންތެރިން އަވަހަށް ރަނގަޅުވުމަށް އެދުން." އޭނާ ބުންޏެވެ.

ސްޕެއިން ހިމެނޭ ގުރޫޕް 4 ގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެއްވަރުވީ ހަމައެކަނި ސާބިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ.

ހުކުރު ދުވަހު ސްޕެއިން ޑެންމާކާއި ދެކޮޅަށް ކުޅޭއިރު ހޯމަ ދުވަހު ނުކުންނާނީ ސުވިޒަރލޭންޑާއި ދެކޮޅަށެވެ.

ބާސެލޯނާސްޕެއިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

5 ދުވަސް ކުރިން - 14:06

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

6 ދުވަސް ކުރިން - 03:01

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

2-0 އިން ބަލިކޮށް ސްޕެއިނުން ފުރާންސުގެ ހާލުގެ ފިޔަ ކޮށާލައިފި

11 ދުވަސް ކުރިން - 01:58

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

ބެލްޖިއަމް ބަލިކޮށް ސްޕެއިން ސެމީއަށް، ވާދަކުރަންޖެހޭނީ ފްރާންސާ

15 ދުވަސް ކުރިން - 05:26

ސްޕެއިންގެ ކާމިޔާބީގެ ސިއްރަކީ ކޯޗުގެ ހަރުދަނާ އުސޫލުތަކާއި ލަމީން ޔަމާލްގެ ހުނަރު

ސްޕެއިންގެ ކާމިޔާބީގެ ސިއްރަކީ ކޯޗުގެ ހަރުދަނާ އުސޫލުތަކާއި ލަމީން ޔަމާލްގެ ހުނަރު

15 ދުވަސް ކުރިން - 23:10

ސްޕެއިންގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 11 މީހުން މަރުވެ 19 މީހުން ގެއްލިއްޖެ

ސްޕެއިންގައި ރޯވި އަލިފާނުގެ ހާދިސާއެއްގައި 11 މީހަކު މަރުވެއްޖެ

15 ދުވަސް ކުރިން - 17:24