ޕެރިސް ސެއިންޓް ޖަރމަން (ޕީއެސްޖީ) ރޭ އެންޖާސްއާ ދެކޮޅަށް 4-2 އިން މޮޅުވެއްޖެއެވެ. މިއާއެކު އެންމެ ފަހުން ކުޅުނު 4 މެޗުން ވެސް ޕީއެސްޖީ ވަނީ ލީގު 1 ގައި މޮޅުވެފައެވެ.
މި މެޗުގައި ލީގުގެ އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ ބްރެޑްލީ ބާކޯލާ ވަނީ ދެލަނޑު ޖަހާފައެވެ. އަދި ލީ ކަންގ އިން ވެސް ވަނީ ދެ ލަނޑު ޖަހާފައެވެ.
ޕީއެސްޖީގެ މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔަކީ ލީ ކަންގ އިންއެވެ. އޭނާ ވަނީ އެންޖާސްއާ ދެކޮޅަށް އެންމެ ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައެވެ. އަދި ދެވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން 20 ވަނަ މިނެޓުގައެވެ.
އޭގެ ފަހުން ލީގުގެ އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ ބްރެޑްލީ ބާކޯލާ ވަނީ އޭނާގެ ދެ ލަނޑު ޖަހައި މެޗުގެ 3 ޕޮއިންޓު ކަށަވަރު ކޮށްފައެވެ. މި ދެ ލަނޑުވެސް ފެނުނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެއީ 31 ވަނަ މިނެޓުގައި، ސްޕެއިންގެ ފޯވަޑް މާކޯ އަސެންސިއޯގެ އެސިސްޓަކާ އެކު ޖެހި ގޯލާއި ހާފު ނިމެން އުޅެނިކޮށް ޖެހި ގޯލެވެ. މި ލަނޑު ޖަހަން އެހީތެރިވެދިނީ ކުރިން ދެ ލަނޑު ޖަހާފައިވާ ލީ ކަންގ އިންއެވެ.
މި ނަތީޖާއާ އެކު، ލުއިސް އެންރީކޭ ޕީއެސްޖީ އޮތީ ލީގު1 ގެ އެއްވަނައިގައި 29 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި މޮނާކޯ އޮތީ 23 ޕޮއިންޓާއެކުއެވެ.









