Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗައިނާއިން ރާއްޖެއަށް 80 ކޮންޕިޔުޓަރާއި 20 ލެޕްޓޮޕް ހަދިޔާކޮށްފި

ޗައިނާއިން ރާއްޖެއަށް 80 ކޮންޕިޔުޓަރާއި 20 ލެޕްޓޮޕް ހަދިޔާކޮށްފި

އަައިޝަތު ޒީނާ
667 ދުވަސް ކުރިން - 7 ނޮވެންބަރު 2024 16:28
ޗައިނާއިން ރާއްޖެއަށް ކޮންޕިޔުޓަރާއި ލެޕްޓޮޕް ހަދިޔާކުރުން. / ފޮޓޯ: ޕީއެސްއެމް
ޗައިނާއިން ރާއްޖެއަށް ކޮންޕިޔުޓަރާއި ލެޕްޓޮޕް ހަދިޔާކުރުން. / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

މި އެއްޗިއްސާ ޙަވާލުވުމަށް އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު. އަދި ޗައިނާ އެމްބަސީގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން.

ޗައިނާއިން ރާއްޖެއަށް 80 ކޮންޕިޔުޓަރާއި 20 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.

މި އެއްޗިއްސާ ޙަވާލުވުމަށް ފޮރިން މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ފޮރިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންއެވެ.

Advertisement

Advertisement 1

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ޗައިނާއިން ހަދިޔާކުރި އާލާތްތަކުގެ ސަބަބުން ރާއްޖޭގެ ޓެކްނިކަލް ދާއިރާ ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ތަރައްޤީކުރުމަށް ޗައިނާއިން ވެދެއްވި އެހީތެރިކަން މުހިންމު ދައުރެއް އަދާކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މި އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ ރަމްޒެއް ކަމަށާއި، ޗައިނާއިން އަބަދުވެސް ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިފަދަ އެހީތައް ރާއްޖެއަށް ފޯރުކޮށްދިނުމުގައި ޗައިނާގެ ސަފީރު ކުރައްވާ މަސައްކަތް ފާހަގަކޮށް، މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވީ ޗައިނާ އާ ރާއްޖޭގެ ގުޅުން ބިނާވެފައިވަނީ އިޚްތިރާމުގެ މައްޗަށް ކަމަށާއި، މި ގުޅުމުގެ ދަށުން މިހާރުވެސް ގިނަ އެހީތަކެއް ރާއްޖެއަށް ވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޗައިނާގެ ފަރާތުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ އެހީތައް ފާހަގަކުރައްވާ ސަފީރު ވިދާޅުވީ 1000 ސިވިލް ސަރވަންޓުން ޗައިނާއަށް ގެންގޮސް ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް އެކި ދާއިރާތަކުންނާއި، އެތްލީޓުންނަށް ޗައިނާއިން ތަމްރީނުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލްޗައިނާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

1 ދުވަސް ކުރިން - 10:15

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

5 ދުވަސް ކުރިން - 08:59

ނޭޕާލުގައި ފެންބޮޑުވެ 400 އަށްވުރެ ގިނަ މީހުން މަރުވެފައިވަނިކޮށް އިތުރު ކޯރެއް ބަންޑުންވުމުގެ ބިރު ބޮޑުވެއްޖެ

ނޭޕާލުގައި އިތުރު ކޯރެއް ބަންޑުންވެ، އަނެއްކާވެސް ފެންބޮޑުވެދާނެކަމުގެ ބިރު ބޮޑުވެއްޖެ

8 ދުވަސް ކުރިން - 12:31

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

37 ދުވަސް ކުރިން - 09:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

50 ދުވަސް ކުރިން - 16:01

ތޫފާން ބާވީ ޗައިނާއަށް އަރައި، 1.7 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާއަށް ތޫފާނެއް އަރައި، މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

56 ދުވަސް ކުރިން - 23:28