ސްޕެއިންގެ މިޑްފީލްޑަރު ފަރމިން ލޮޕޭޒް ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.
އޭނާގެ އެއްބަސްވުން އައުކޮށްފި ކަމަށް އެ ކްލަބުން ބުރާސްފަތި ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ.
ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްޕެނިޝް ލަލީގާގެ އުމުރުން 21 އަހަރުގެ ލޮޕޭޒްގެ އެއްބަސްވުން ޖޫން 30، 2029 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. ލޮޕޭޒްގެ ކޮންޓްރެކްޓުގެ އަގަކީ 500 މިލިއަން ޔޫރޯ (544.1 މިލިއަން ޑޮލަރު) ކަމަށްވެސް ބާސެލޯނާއިން ބުންޏެވެ.
ލޮޕޭޒް ވަނީ ސްޕެއިން އަށް ޔޫއެފާ ޔޫރޯ 2024 ގެ ޗެމްޕިއަންކަން ހޯދައި، ޕެރިސް 2024 އޮލިމްޕިކްސްގައި ރަން މެޑަލް ހޯދައިދިނުމަށް އެހީތެރިވެދީފައެވެ.
2023 ވަނަ އަހަރުން ފެށިގެން ބާސެލޯނާގެ ސީނިއާ ޓީމް މެމްބަރެއްގެ ގޮތުގައި ކުޅެމުން އަންނަ ލޮޕޭޒް ވަނީ 48 މެޗުގައި 11 ގޯލް ޖަހާފައެވެ.









