Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބެލޮންޑިއޯ 16 އަހަރު ފަހުން ޕްރިމިއާ ލީގަށް

ބެލޮންޑިއޯ 16 އަހަރު ފަހުން ޕްރިމިއާ ލީގަށް

އުސްތާޛް މުޙައްމަދު ޢަލީ
627 ދުވަސް ކުރިން - 29 އޮކްޓޫބަރު 2024 09:54
2023 ގެ ބެލޮންޑިއޯ - މެންޗެސްޓަރ ސިޓީގެ ރޮޑްރީ
2023 ގެ ބެލޮންޑިއޯ - މެންޗެސްޓަރ ސިޓީގެ ރޮޑްރީ
ޚުލާސާ

ރޮޑްރީ އާއި އެންމެ ގާތުން ވާދަކުރީ ރިއަލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއަރ އާއި ޖޫޑް ބެލިންގްހަމް. މިއީ ސިޓީއަށާއި ރޮޑްރީއަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރު.

ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ މަތިވެރި ޝަރަފުތަކުގެ ތެރެއިން އެއް ޝަރަފެއް ކަމުގައިވާ ބެލޮންޑިއޯ އެވޯޑް މެންޗެސްޓާ ސިޓީގެ ސްޕެއިންގެ 28 އަހަރުގެ ކުޅުންތެރިޔާ ރޮޑްރީއަށް ލިބިއްޖެއެވެ. ފްރާންސްގެ ފުޓްބޯޅަ މަޖައްލާއިން ދޭ މި އެވޯޑަކީ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދެވޭ އެވޯޑެކެވެ.

ރޮޑްރީ މި އެވޯޑް ހޯދުމުގައި އެންމެ ގާތުން ވާދަކުރި ކުޅުންތެރިންނަކީ ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިންނެވެ. އެއީ ބްރެޒިލްގެ ވިނިޝިއަސް ޖޫނިއަރ އާއި އިނގިރޭސިވިލާތުގެ ޖޫޑް ބެލިންގްހަމްއެވެ. މިއީ ރޮޑްރީއަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މެންޗެސްޓަރ ސިޓީގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.

Advertisement

Advertisement 1

މެންޗެސްޓާ ސިޓީގެ މިޑްފީލްޑް “އިންޖީނު" ކަމަށް އެންމެންވެސް ޤަބޫލުކުރާ ރޮޑްރީ އަށް މި އެވޯޑު ލިބުނުއިރު، މިއީ ފަހަކަށް އައިސް ފޯވާޑުންގެ އަތުން މި އެވޯޑު ގެއްލި މިޑްފިލްޑަރަކަށް ލިބުނު ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް ފާއިތުވީ ތަނުގައި ފެނުނީ މެސީއާއި ރޮނާލްޑޯގެ އަތުން މި އެވޯޑު އެހެން ކުޅުންތެރިޔަކަށް ނުލިބި އޮތް މަންޒަރެވެ.

ރޮޑްރީއަށް މި އެވޯޑު ލިބުމުން ކިޔައިދިނީ ގިނަ ވާހަކަތަކެކެވެ. އެއީ ފުޓުބޯޅައިގެ އިންޑިވިޖުއަލް އެވޯޑެއް ދިނުމުގައި ބަލާއިރު، އެންމެންގެވެސް ލޮލުގައި އަޅައިގަންނަނީ ގޯލު ޖަހާ ކުޅުންތެރިޔާއެވެ. މިކަން ރޮޑްރީގެ ކޯޗު އަދި މެންޗެސްޓަރ ސިޓީގެ ކޯޗު ޕްޕެ ގާޑިއޯލާ ފާހަގަކުރިއެވެ.

ރޮޑްރީގެ މޮޅުކަން ފާހަގަވަނީ ހަމައެކަނި އޭނާގެ ފާހަގަކޮށްލެވޭ މޮޅު ޑިފެންސިވް ހުނަރުގެ ސަބަބުން އެކަންޏެއް ނޫނެވެ.

ބެލޮންޑިއޯ އެވޯޑަކީ ފީފާއިން ދޭ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެެވޯޑަށްފަހު އެންމެ ގިނަ ބަޔަކު ބަލައިގަންނަ އެވޯޑެވެ. މި އެވޯޑަށް ކުޅުންތެރިން ހޮވުމުގައި ފީފާ ރޭންކިންގެ ގަދަ 100 ގެ ތެރޭގައި ހިމެނޭ ގައުމުތަކުގެ ނޫސްވެރިންގެ މެދުގައި ނަގާ ވޯޓެއް ބޭނުންކުރެއެވެ. މިއީ މި އެވޯޑްގެ ހާމަކަން ބޮޑުކަމާއި އިންސާފުވެރިކަން ކަށަވަރުކޮށްދޭ ކަމެކެވެ.

ބެލޮންޑިއޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

48 ދުވަސް ކުރިން - 14:11

ވަލު ދޮރާށިން ބެލޮންޑިއޯ ނަގަން ދިމާކުރި ޔަމާލްގެ ހިތް ކުދިކުދިކޮށްލުމަށްފަހު އެ ޝަރަފުވެރި އެވޯޑާ ޑެމްބަލޭ ހަވާލުވެއްޖެ

ޔަމާލްގެ ހިތް ކުދިކުދިކޮށްލުމަށްފަހު ބެލޮންޑިއޯ ޑެމްބަލޭއަށް!

298 ދުވަސް ކުރިން - 01:47

ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު (ކޮޕާ ޓްރޮފީ) ޔަމާލަށް!

ކޮޕާ ޓްރޮފީ ޔަމާލަށް އަށް

298 ދުވަސް ކުރިން - 00:13

ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ހަފްލާ މިރޭ! އިންސާފުވެރިވާނެތަ؟

ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ހަފްލާ މިރޭ! އިންސާފުވެރިވާނެތަ؟

298 ދުވަސް ކުރިން - 14:59

މި ފަހަރުގެ ބެލޮންޑިއޯ ގެންދާނީ ކާކު؟

މި ފަހަރުގެ ބެލޮންޑިއޯ ގެންދާނީ ކާކު؟

366 ދުވަސް ކުރިން - 14:20

ބެލޮންޑިއޯ ޙައްޤީ ވިނީޝިއަސް އަށް: ރޮނާލްޑޯ

ބެލޮންޑިއޯ ޙައްޤީ ވިނީޝިއަސް އަށް: ރޮނާލްޑޯ

566 ދުވަސް ކުރިން - 12:11