Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވަލު ދޮރާށިން ބެލޮންޑިއޯ ނަގަން ދިމާކުރި ޔަމާލްގެ ހިތް ކުދިކުދިކޮށްލުމަށްފަހު އެ ޝަރަފުވެރި އެވޯޑާ ޑެމްބަލޭ ހަވާލުވެއްޖެ

ވަލު ދޮރާށިން ބެލޮންޑިއޯ ނަގަން ދިމާކުރި ޔަމާލްގެ ހިތް ކުދިކުދިކޮށްލުމަށްފަހު އެ ޝަރަފުވެރި އެވޯޑާ ޑެމްބަލޭ ހަވާލުވެއްޖެ

އައިޝަތު އީމާން
298 ދުވަސް ކުރިން - 23 ސެޕްޓެންބަރު 2025 01:47
ޝަރަފުވެރި ބެލޮންޑިއޯ އެވޯޑާއެކު އޮސްމާން ޑެމްބެލޭ - ފޮޓޯ: ފްރާންސް ފުޓްބޯޅަ ފެޑެރޭޝަން
ޝަރަފުވެރި ބެލޮންޑިއޯ އެވޯޑާއެކު އޮސްމާން ޑެމްބެލޭ - ފޮޓޯ: ފްރާންސް ފުޓްބޯޅަ ފެޑެރޭޝަން
ޚުލާސާ

ގިނަ ބަޔަކު އިންތިޒާރުކުރި މި އެވޯޑު ޑެމްބަލޭ އަށް ލިބުނުއިރު ޔަމާލަށް ލިބުނީ ޒުވާން އެންމެ މޮޅު ކުޅުންތެރިޔާ.

ފުޓްބޯޅައިގެ އެންމެ މަޝްހޫރު އަދި ޝަރަފުވެރި އެވޯޑު ކަމަށްވާ ބެލޮންޑިއޯ ފްރާންސް އަދި ޕީއެސްޖީގެ ތަރި ޑެމްބަލޭ ހޯދައިފިއެވެ. ޑެމްބަލޭއާ މި އެވޯޑު ހަވާލުކޮށްފައިވަނީ ބްރެޒިލް ލެޖެންޑު ރޮނާލްޑީނިއޯ އެވެ.

ޑެމްބަލޭ މި މަގާމު ހޯދާފައިވަނީ ލަމިން ޔަމާލް ފަހަތަށް ޖައްސާލުމަށްފަހުގައެވެ. ޔަމާލަށް ލިބިފައިވަނީ އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔާގެ މަގާމެވެ. އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމުގެ ތިން ވަނަ ހޯދާފައިވަނީ ޕީއެސްޖީ އަދި ޕޯޗުގަލްގެ މެދުތެރެއަށް ކުޅޭ ވިޓީނިއާ އެވެ.

Advertisement

Advertisement 1

ލަމިން ޔަމާލް - ފޮޓޯ: ފްރާންސް ފުޓްބޯޅަ ފެޑެރޭޝަން

ބެލޮންޑިއޯގެ ޓްރޮފީއާއެކު ޑެމްބަލޭ ވަނީ އޭނާގެ އިހްސާސް ބަންޑުންކޮށްލާ އޯޑިއަންސް ރޮއްވާލާފައެވެ. އޭނާ ވަނީ ޕީއެސްޖީގެ ހުރިހާ ކުޅުންތެރިންގެ އިތުރުން ކޯޗު އެންރީކޭ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި އެހިސާބަށް ގެންގޮސްދިނުމަށް އޭނާގެ އާއިލާއަށް، ހާއްސަކޮށް އޭނާގެ މަންމަ ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށްފައެވެ.

ޓްރޮފީއާ ހަވާލުވުމަށް ޑެމްބަލޭ ސްޓޭޖަށް އަރަނީ - ފޮޓޯ: ފްރާންސް ފުޓްބޯޅަ ފެޑެރޭޝަން

މިއަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބާސެލޯނާ އަދި ސްޕެއިންގެ އައިޓާނާ ބޮމަޓީއެވެ. މިއީ އޭނާ މި އެވޯޑު ޖެހިޖެހިގެން ހޯދި ތިން ވަނަ ފަހަރެވެ.

އައިޓާނާ ބޮންމަޓީ - ފޮޓޯ: ފްރާންސް ފުޓްބޯޅަ ފެޑެރޭޝަން

އޭނާއާ އެންމެ ގާތުން ވާދަކުރީ ސްޕެއިން އަދި އާސެނަލްގެ މެދުތެރެއަށް ކުޅޭ މަރިއޯނާ ކަލްޑެންޓޭ އެވެ.

އެންމެ މޮޅު ޒުވާން އަންހެން ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ބާސެލޯނާ އަދި ސްޕެއިންގެ މިޑްފީލްޑަރ ވިކީ ލޮޕޭޒަށެވެ.

ވިކީ ލޮޕޭޒް - ފޮޓޯ: ފްރާންސް ފުޓްބޯޅަ ފެޑެރޭޝަން

އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަށް ލިބިފައިވާއިރު އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވިފައިވަނީ އިންގްލެންޑް ގައުމީ ޓީމުގެ ކޯޗު ސަރީނާ ވިއެގްމޭން އެވެ. ޕީއެސްޖީގެ މެޗެއް މިރޭ އޮތުމުން އެންރީކޭ ހަފްލާއަށް ވަޑައިގެންފައެއް ނުވެއެވެ.

ޔަޝިން ޓްރޮފީގެ ނަމުން ނަންދީފައިވާ އެންމެ މޮޅު ކީޕަރު ކަމުގެ މަގާމް ހޯދާފައިވަނީ ނިމިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ކުޅުނު އިޓަލީގެ ކީޕަރު ޑޮނަރޫމާއެވެ. އަދި އަންހެން މޮޅު ކީޕަރަކަށް ހޮވިފައިވަނީ ޗެލްސީ އަދި އިންގްލެންޑުގެ ކީޕަރު ހަނާ ހެމްޕްޓަންއެވެ.

ގާޑް މުލާ ޓްރޮފީ ނުވަތަ އެންމެ ގިނަ ގޯލި ޖެހި ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ވިކްޓޮ ގޮއޮކަރެސް އަދި އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިވަރ ޕަޖޯރެވެ.

ދަނޑުން ބޭރުގައި އިޖްތިމާއީ އަދި އިންސާނިއްޔަތަށް މަސައްކަތްކުރާ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑު ކަމަށްވާ ސޮކަރެޓެސް އެވޯޑު ލިބިފައިވަނީ ސިރަ މާޓިނޭޒަށެވެ.

ދުނިޔޭގެ އެންމެ މޮޅު ފިރިހެން ކުލަބަކަށް ޕީއެސްޖީ ހޮވިފައިވާއިރު އަންހެން ކުލަބަކަށް ހޮވިފައިވަނީ އާސެނަލެވެ. މި ދެކުލަބުން ވަނީ ގިނަ ކާމިޔާބީތަކެއް ނިމިދިޔަ ސީޒަނުގައި ހޯދާފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ހިމެނެއެވެ.

ބެލޮންޑިއޯ
Ad
Ad

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ބެލެންޱިއޯ

297 ދުވަސް ކުރިން - 20:21

ދެންމީގަ ކޮބާ ވަލުދޮރާށިން ހޯދަންއުޅެފަ

ގުޅޭ ޚަބަރުތައް

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

ވޯލްޑް ކަޕު ނުކުޅެވުނަސް ކްވަރަޓްސްކޭލިއާ އަށް ބެލޮންޑިއޯ ކާމިޔާބު ކުރެވިދާނެބާ؟

48 ދުވަސް ކުރިން - 14:11

ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު (ކޮޕާ ޓްރޮފީ) ޔަމާލަށް!

ކޮޕާ ޓްރޮފީ ޔަމާލަށް އަށް

298 ދުވަސް ކުރިން - 00:13

ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ހަފްލާ މިރޭ! އިންސާފުވެރިވާނެތަ؟

ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ހަފްލާ މިރޭ! އިންސާފުވެރިވާނެތަ؟

298 ދުވަސް ކުރިން - 14:59

މި ފަހަރުގެ ބެލޮންޑިއޯ ގެންދާނީ ކާކު؟

މި ފަހަރުގެ ބެލޮންޑިއޯ ގެންދާނީ ކާކު؟

366 ދުވަސް ކުރިން - 14:20

ބެލޮންޑިއޯ ޙައްޤީ ވިނީޝިއަސް އަށް: ރޮނާލްޑޯ

ބެލޮންޑިއޯ ޙައްޤީ ވިނީޝިއަސް އަށް: ރޮނާލްޑޯ

566 ދުވަސް ކުރިން - 12:11

ބެލޮންޑިއޯ 16 އަހަރު ފަހުން ޕްރިމިއާ ލީގަށް

ރޮޑްރީ އަށް ބެލޮންޑިއޯ

627 ދުވަސް ކުރިން - 09:54