Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބައްޕާފުޅުގެ އަގު ވަޒަންކުރައްވައި ގައުންކޮޅާއި ރައީސް ޙަވާލުވެވަޑައިގެންފި

ބައްޕާފުޅުގެ އަގު ވަޒަންކުރައްވައި ގައުންކޮޅާއި ރައީސް ޙަވާލުވެވަޑައިގެންފި

ހުސައިން އިސްމާއިލް
682 ދުވަސް ކުރިން - 27 އޮކްޓޫބަރު 2024 02:09
ހައިކޯޓުން އިންތިޒާމްކޮށްގެން ކުރިއަށްދިޔަ "އިސްތިރާޖީ ޢަމަލީ ތަދުބީރު 2025-2027 " އިފުތިތާޙުކުރުމުގެ ރަސްމިއްޔާތުގައި، ބައްޕާފުޅުގެ ގައުންކޮޅާއި ރައީސް ޑރ. މުޢިއްޒު ޙަވާލުވެވަޑައިގަންނަވަނީ
ހައިކޯޓުން އިންތިޒާމްކޮށްގެން ކުރިއަށްދިޔަ "އިސްތިރާޖީ ޢަމަލީ ތަދުބީރު 2025-2027 " އިފުތިތާޙުކުރުމުގެ ރަސްމިއްޔާތުގައި، ބައްޕާފުޅުގެ ގައުންކޮޅާއި ރައީސް ޑރ. މުޢިއްޒު ޙަވާލުވެވަޑައިގަންނަވަނީ
ޚުލާސާ

ޤުރުއާނުގެ ތަރުޖަމާ ލިޔުއްވި ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން ނުވަތަ ރައީސްގެ ބައްޕާފުޅަކީ ދިވެހިރާއްޖޭގެ ހައިކޯޓު އުފައްދަވައި، އެ ކޯޓަށް ފުރަތަމަ ޢައްޔަނު ކުރެއްވި 3 ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް.

ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން އަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ޢިލްމުވެރިއެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރަކަށް އިސްކުރެއްވީ 06 އޮކްޓޯބަރ 1980 ގައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފައިވަނީ އެޓަރނީ ޖެނެރަލްގެ ނާއިބަކަށް އިސްކުރެއްވުމާއި ގުޅިގެން 11 އޮގަސްޓް 1981 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބައްޕާފުޅު ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން ޝަރުޢީ ދާއިރާއަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކޮށް އެމަނިކުފާނު އެރުއްވި ގައުންކޮޅު ދަރިކަލުން ޑރ. މުޙައްމަދު މުޢިއްޒުއަށް ރޭ ވަނީ އަރުވާފައެވެ.

ސެންޓަ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ހައިކޯޓުން އިންތިޒާމްކޮށްގެން ކުރިއަށްދިޔަ "އިސްތިރާޖީ ޢަމަލީ ތަދުބީރު 2025-2027 " އިފުތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރިޓަޔަރޑް 28 ފަނޑިޔާރުންނަށް ވެސް ޚިދުމަތުގެ އަގު ވަޒަންކޮށް ގައުންތަކުން ޝަރަފުވެރިކަން ދެއްވިއެވެ.

Advertisement

Advertisement 1

ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ ސަރުކާރަށް 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއްކަންވެސް ހަނދާންކޮށްލަން ޖެހެއެވެ. މިނިސްޓްރީ އޮފް ޖަސްޓިސްގެ ޚާއްޞަ ޤާޒީ ކަމުގެ މަޤާމުގެ އިތުރުން ފުރުއްވާފައިވާ ބައެއް މަޤާމުތަކުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވަކީލު ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމާއި، އެޓަރނީ ޖެނެރަލްގެ ނައިބު ކަމާއި، ޑިރެކްޓަރ، ރިލިޖަސް އެޑިޔުކޭޝަން ކަމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ޚާއްޞަ މުޝީރުކަން ހިމެނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބައްޕާފުޅު ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާންގެ މުހިންމު ބައެއް ޙިއްޞާތައް:

  • ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުން: ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1979 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އުފެއްދެވި ކޮމެޓީން ޤުރުއާން އެކީއެކަށް ތަރުޖަމާކޮށް ނިންމެވުން ފާހަގަކޮށްލެވެއެވެ.
  • ޤާޒީން އުފެއްދެވުން: 1970ގެ އަހަރުތަކުން ފެށިގެން އަލްއުސްތާޛު އަލްމަރްޙޫމް މޫސާ ފަތުޙީ ޖަސްޓިސް މިނިސްޓްރީގައި ހިންގެވި ޤާޒީ ކޯހުގައި ކިޔަވައިދެއްވިއެވެ.
  • ހުކުރު ޚުޠުބާ ލިޔުއްވުން: ހިޖުރައިން 14 ވަނަ ޤަރުނު ފެށުނު ހިސާބުން ފެށިގެން ދިގު މުއްދަތެއް ވަންދެން ގިނަ އަދަދެއްގެ ހުކުރު ޚުޠުބާ ލިޔުއްވާފައިވެއެވެ. 1995 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢު ކުރެއްވި [ހުކުރު ޚުޠުބާ އަދި ދެޢީދު ދެނަމާދާއި، ކޭތަ ނަމާދުގެ ޚުޠުބާ] މިފޮތުގައި ޙުސައިން ޢަބްދުއްރަޙްމާންގެ ޚުޠުބާތައް ހިމެނިފައިވެއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަފްތާއަކު އެއްފަހަރު ނެރުއްވަމުން ގެންދެވި [ދީނުގެ މަގު] މި ނޫހަށްވެސް ތަފާތު މައުޟޫޢުތަކުގެ މައްޗަށް ލިޔުންތައް ލިޔުއްވާފައިވެއެވެ.
  • ހައިކޯޓުގެ ފަނޑިޔާރު (5 އޮކްޓޯބަރ 1980): ޝަރުޢީ ނިޒާމުގައި ނަމޫނާއެއް ދައްކަވައި، ދިވެހިރާއްޖޭގެ ހައިކޯޓަށް ފުރަތަމަ އައްޔަން ކުރެއްވި އެއް ފަނޑިޔާރެވެ.
  • އެޓާނީ ޖެނެރަލްގެ ނައިބު: އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް މަޤާމާއި ޝައިޚް ޙަވާލުވެވަޑައިގެން ކޯޓު ރޫމުން ބޭރުގައި ޚިދުމަތުގެ ދައުރު ފުޅާވެގެން ދިޔައެވެ.
  • އިސްލާމިކް އެޑިއުކޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ: އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތަކުގެ ތެރެއަށް ދީނީ ތަޢުލީމު ވައްދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
  • ދީނީ މީޑިއާ ޕްރޮގްރާމްތައް: އިސްލާމީ ތަޢުލީމު ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ މީޑިއާއިން ފޮނުވާ ޕްރޮގުރާމްތަކުން ރައްޔިތުން ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް އިޚްލާޞްތެރި މަސައްކަތްޕުޅުތައް ކުރެއްވިއެވެ. އޭގެތެރޭގައި "އަލީގެ މައްޗަށް އައްޔެއް" ފަދަ އެތައް ޕްރޮގްރާމެއް ފާހަގަކުރެވެއެވެ. ދީނީ ރޮނގުން ތަފާތު ގިނަ ފޮތްތަކެއް ނެރުއްވިއިރު އޭގެތެރޭގައި، ބައެއް ތަރުޖަމާތައްވެސް ހިމެނެއެވެ. އެގޮތުން ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި، [އަބުރާބެހުމާއި ހުތުރުއެއްޗެހި ކިޔުމުގެ ކުށް] މިފޮތުގެ ފުރަތަމަބަޔާއި ދެވަނަބައި، [އައްސިޙުރު] މިފޮތާއި، [އިސްލާމީ ނަޒަރަކުން ތުނބުޅި] މިފޮތާއި، [ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް] މިފޮތް ހިމެނެއެވެ. ތަރުޖަމާ ކުރައްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، [ފިރިހެނުންނާއި އަންހެނުން އަދި ޖިންސު] މިފޮތާއި، [މުސްލިމުންގެ މެދުގައި ޚިލާފު އުފެދުން އެކަށީގެންނުވާ ކަންތައް] މިފޮތާއި، [އަހުވާލުލް ޤަބޫރު] (ކަށްވަޅުގެ ބިރުވެރިކަން) މިފޮތް ހިމެނެއެވެ.
  • ޢިލްމީ ތަޙުލީލު: ދީނީ އަދި ޢިލްމީ ދާއިރާތަކުން އެމަނިކުފާނު ވަނީ ގިނަ ދިރާސާތައް ލިޔުއްވައި، ރާއްޖޭގެ އިސްލާމީ ޢިލްމު މުއްސަނދިކުރައްވާފައެވެ.
  • ކޮމިޓީގެ ޚިދުމަތް: އިސްލާމީ ޚިދުމަތަށް ސަރުކާރުން އުފައްދާ ކޮމިޓީތަކުގައި ހީވާގިކަމާއެކު މަސައްކަތްކުރެއްވިއެވެ.

މިއަދުގެ ކިޔަވާ ކުދިންނަށާއި ޒުވާނުންނަށް ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން ދެއްވި ނަޞޭޙަތަކީ، ޢިލްމު އުނގެނުމުގެ ބޭނުމަކަށްވާންޖެހޭނީ، ޢިލްމު ހޯދައި، އެ ޢިލްމުން ތިމާއަށާއި ޤައުމަށް ޚިދްމަތްކޮށްދިނުންކަން އަބަދުވެސް ގަބޫލު ކުރުމެވެ. އެޔާއެކު ޤައުމީ ވާޖިބެއް ކޮނޑުގައި އެޅިފައިވާކަން ދަނެ، ފިތުނަފަސާދައާއި، ބިރުވެރިކަމާއި، ބާޠިލު ގޮތްތަކުން މުޖްތަމަޢު ސަލާމަތްކޮށްދިނުންކަން ހަނދާންކުރުމެވެ. އަދި ސީދާ މަގުން ހިނގުމަކީ ޢިލްމު އުނގެނުމުގެ މަޤްޞަދުތަކުގެ ތެރޭގައިވާ ކަމެއްކަންވެސް އަބަދުމެ ހަނދާން ކުރުމެވެ.

ހއ. ވަށަފަރަށް އުފަން ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ، ރާއްޖޭގައި ފުރަތަމަ ހައި ކޯޓު އުފެއްދުމާ އެކު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އައްޔަންކުރެއްވެވި ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެވެ. އެ މަނިކުފާނު އަވަހާރަވީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެން އުޅުއްވަނިކޮށް، 2015ގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހައިކޯޓުއަލްމަރުހޫމް ހުސައިން އަބްދުއްރަހްމާން
Advertisement
Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ކިޔަވާ

682 ދުވަސް ކުރިން - 03:23

"މިއަދުގެ ކިޔަވާ ކުދިންނަށާއި ޒުވާނުންނަށް ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން ދެއްވި ނަޞޭޙަތަކީ، ޢިލްމު އުނގެނުމުގެ ބޭނުމަކަށްވާންޖެހޭނީ، ޢިލްމު ހޯދައި، އެ ޢިލްމުން ތިމާއަށާއި ޤައުމަށް ޚިދްމަތްކޮށްދިނުންކަން އަބަދުވެސް ގަބޫލު ކުރުމެވެ. އެޔާއެކު ޤައުމީ ވާޖިބެއް ކޮނޑުގައި އެޅިފައިވާކަން ދަނެ، ފިތުނަފަސާދައާއި، ބިރުވެރިކަމާއި، ބާޠިލު ގޮތްތަކުން މުޖްތަމަޢު ސަލާމަތްކޮށްދިނުންކަން ހަނދާންކުރުމެވެ. އަދި ސީދާ މަގުން ހިނގުމަކީ ޢިލްމު އުނގެނުމުގެ މަޤްޞަދުތަކުގެ ތެރޭގައިވާ ކަމެއްކަންވެސް އަބަދުމެ ހަނދާން ކުރުމެވެ." އެހެންވީމާ އެ ބަސް އަހައިގެން މުޢިއްޒު އެހެރީ މިއަދު ގައުމަށް ހިދުމަތް ކުރަން.

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05