ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން ހޯދަމުންދަނީ ތ. ތިމަރަފުށި، ބޮންތި، އަޙްމަދު ނިއުޝާދު (37 އަހަރު) އެވެ.
ފުލުހުން މަޢުލޫމާތު ދޭގޮތުގައި، ނިއުޝާދު ހޯދަން އިޢުލާން ކުރަން ޖެހުނީ އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.
ޖިނާޢީ މައްސަލަތައް ތަޙުޤީޤި ކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާޢަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޭނާ ހޯދަން އިޢުލާންކުރިއިރު، ފުލުހުން ބުނީ އަޙްމަދު ނިއުޝާދު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން ޖެހޭނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އަށެވެ..








