ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް މުވައްޒަފުންނަށް، ފޮރެންސިކް ފިންގަރޕްރިންޓް ފޮޓޯގްރަފީ ވޯކްޝޮޕެއް ފަށައިފިއެވެ.
ފުލުހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް ގުޅިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި، މީހުން ދެނެގަތުމަށް ފިންގަރޕްރިންޓު ފޮޓޯ ނަގާނެ ފަހުގެ އީޖާދީ އުކުޅުތައް ދަސްކޮށްދޭނެ ކަމަށެވެ.
އިއްޔެ އިން ފެށިގެން މި އޮކްޓޫބަރު މަހުގެ 18 އަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި، މާލެއާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ކްރައިމް ސީން އޮފިސަރުންނާއި ފިންގަރޕްރިންޓް އެނަލިސްޓުން ހިމެނޭހެން 17 ފުލުހުން ބައިވެރިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ވޯކްޝޮޕްގައި ކިޔަވައިދެއްވަނީ ޔޫއެސްގެ ތަޖުރިބާކާރެއްކަމުގައިވާ ފޮރެންސިކް ސްޕެޝަލިސްޓް ތޯމަސް ކިމްބްރިއެލް ކަމަށެވެ.









