
2007 ވަނަ އަހަރު ސްޕޭނުގެ ބާސެލޯނާގައި ޔަމާލް ކައިރީގައި މެސީ
2007 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ބާސެލޯނާގެ ކައިރީގައި އޮންނަ އަވަށަކަށް އުފަންވި ސްޕޭނުގ ލަމީނޭ ޔަމަލް ވަނީ މިހާތަނަށް އެންމެ އަގުބޮޑު ސްޕެއިންގެ ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ތާރީހެއް ލިޔެފައި ކަމަށް ޓްރާންސްފާމާކްޓް އިން ބުނެއެވެ. އުމުރުން 17 އަހަރުގެ މި ކުޅުންތެރިޔާގެ އަގު 80 މިލިއަން ޔޫރޯއިން 150 މިލިއަން ޔޫރޯއަށް އުފުލިގެން ދިޔައީ ސްޕެއިން މޮޅުވުމުގައި މުހިންމު ދައުރެއް އަދާކުރި ޔޫއެފާ ޔޫރޯގައި ދެއްކި މޮޅު ކުޅުމަކަށެވެ. މީގެ ސަބަބުން 130 މިލިއަން ޔޫރޯގެ އަގުހުރި މެންޗެސްޓާ ސިޓީގެ ތަރި ރޮޑްރީ ފަހަނައަޅައި ލަމީނޭ ޔަމާލްގެ އަގު މިވަނީ ކުރިއަރައި ގޮސްފައެވެ.

ރޮޑްރީގޯ ހާނަންޑޭޒް ބޯޅައަށް ދުވާއިރު އޭނާގެ ފަހަތުން ޒުވާން ޔަމާލް. ސްޕޭނުގައި ޔަމާލްގެ އަގު ރޮޑްރީއަށްވުރެ މަތިވެއްޖެ
ފުޓްބޯޅަ ސަޕޯޓަރުންގެ ލޮލުގައި ޔަމާލް އެންމެ ފުރަތަމަ އަޅައިގަތީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު، އުމުރުން އެންމެ 15 އަހަރުގައި ބާސެލޯނާގެ ފުރަތަމަ މެޗު ޒަވީ ހަނާންޑޭޒް އޭނާއާ ހަވާލުކުރުމުންނެވެ. އޭގެ ފަހުން ހަލުވިކަމާއެކު ކުރިއަރަމުން އައިސް އޭނާ ވަނީ ބާސެލޯނާ އާއި ސްޕެއިންގެ ގައުމީ ޓީމަށް ވެސް ކޮންމެހެން ބޭނުންތެރި ކުޅުންތެރިއަކަށް ވެފަ އެވެ. މި ސީޒަނުގައި މިހާރުވެސް ފަސް ގޯލާއި ފަސް އެސިސްޓް ހަދާފައިވާއިރު، އޭނާ ވަނީ 2024/2025 ވަނަ އަހަރުގެ ކެމްޕޭނަށް ބާސެލޯނާގެ ވަރުގަދަ ފެށުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ލަލީގާގެ މެޗެއްގެ ތެރެއިން ކޯޗު ޒަވީ ޔަމާލް ކުޅެން ދަނޑަށް އެރުވުމަށްޓަކައި އިރުޝާދު ދެނީ.
ރެއާލް މެޑްރިޑާއި ބަޔާން މިއުނިކާއި ދެކޮޅަށް ބާސާއިން މުހިންމު މެޗުތަކެއް ކުޅެމުންދާއިރު، ޔަމާލްގެ ރެކޯޑް މުގުރާލާ ކާމިޔާބީތަކުން ދުނިޔޭގެ ފުޓްބޯޅައިގައި އޭނާގެ ނުފޫޒު ބޮޑުވަމުންދާކަން ހާމަވެގެންދެއެވެ.









