މަކަރާއި ޙީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން ޢިއުލާނުކޮށްފިއެވެ.
ފުލުހުން ވަނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުންް ތަހުޤީޤު ކުރަމުންދާ، މަކަރާއި ޙީލަތް ހެދުމުގެ މައްސަލައެއްގެ ތަހުޤީޤަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާޢަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުޤީޤަށް ހާޒިރުވުމަށް އަންގާ ޢިއުލާނުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ހޯދަމުން އަންނަނީ ހދ. ނޭކުރެންދޫ / ސާޒް، ޢަބްދުﷲ ރިޝީފް (35އ)، A237481 އެވެ.
އޭނާ ހާޒިރުކުރަން ބޭނުންވަނީ މައްސަލައިގެ ތަހުޤީޤަށް ކަމަށާއި މި މަހުގެ 19 ވަނަ ދުވަހުގެ 9:00 އަށް ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިޤޭޝަން ބިލްޑިންގ އަށް އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ ޢިއުލާނުކޮށްފައެވެ.









