އެސްޓަން ވިލާގެ ދަނޑު ވިލާ ޕާކްގައި ކުޅުނު ޗެމްޕިއަންސްލީގުގެ މެޗުގައި އިނގިރޭސި ކުލަބު އެސްޓަން ވިލާއިން ވަނީ ޖަރުމަނުގެ ބަޔާން މިއުނިކް 1-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. 38,000 އަށްވުރެ ގިނަ ކުޅިވަރު ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ހަމައެކަނި ލަނޑު ޖެހީ އެސްޓަން ވިލާގެ ބަދަލު ކުޅުންތެރި ޖޯން ދުރާންއެވެ. މެޗުގެ 70 ވަނަ މިނިޓުގައި ކުޅެން އެރި ދުރާން ވަނީ 9 މިނިޓު ފަހުން ލަނޑު ޖަހާފައެވެ.
މި މޮޅުވުމާއެކު އެސްޓަން ވިލާއަށް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދާފައެވެ. އެސްޓަން ވިލާއިން ވަނީ ފުރަތަމަ މެޗުގައި ސްވިޒަލޭންޑްގެ ޔަންގް ބޯއިޒް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މެޗުގެ ފަހު ވަގުތުތަކުގައި ބަޔާން މިއުނިކްގެ ހެރީ ކޭން ފޮނުވާލި ނުރައްކާތެރި ހަމަލަތަކެއް އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ދިފާއުކޮށްފައެވެ.
0އެސްޓަން ވިލާގެ ވިލާ ޕާކްގައި ޔޫރަޕްގެ އެލީޓް މުބާރާތެއްގައި އެ ޓީމުން އެންމެ ފަހުން ކުޅެފައިވަނީ 1983 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލުގައި އިޓަލީގެ ޔުވެންޓަސް އާއި ދެކޮޅަށެވެ.









