ލަލީގާގައި ރޭ ވަރުގަދަ ވާދަވެރި މެޗުގައި އެތުލެޓިކޯ މެޑްރިޑް ވަނީ ރަޔޯ ވަލެކާނޯއާ 1-1 އިން އެއްވަރުވެފަ އެވެ. ރަށުން ބޭރުގައި އެއްވަރުވި ނަމަވެސް އެތުލެޓިކޯ އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު ހަ ޕޮއިންޓުގެ ފަރަގައެއްގައެވެ.
މެޗުގެ 35 ވަނަ މިނެޓްގައި ފުރަތަމަ ގޯލު ޖެހީ ވަޔަކާނޯއިންނެވެ. ރާޔޯ ވަލެކާނޯއިން ގޯލު ޖަހާފައި ވަނިކޮށް ނަތީޖާ ހަމަހަމަކޮށްދިނީ 49ވަނަ މިނެޓުގައި އިނގިރޭސި ކުޅުންތެރިޔާ ގަލަގާއެވެ. މިއީ މި ސީޒަނުގައި ގަލަގާ ޖެހި ދެވަނަ ގޯލެވެ. އެތުލެޓިކޯ މިހާރު ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ދެ މެޗުން އެއްވަރުވެ ތިން މެޗުން މޮޅުވެފަ އެވެ.
ޓީމުގެ ހާލަތާއިމެދު ކޯޗަށް ފުރައްސާރަތައް އައެއްކަމަކު ރޭގެ މެޗުން ވި އެއްވަރުވުން އޭނާ ނަގަނީ ޕޮޒިޓިވްކޮށެވެ.
މި ނަތީޖާއިން ލީގުގައި އެޓީމުގެ ވަރުގަދަ މަގާމު ދެމެހެއްޓި ނަމަވެސް، ސީޒަން ކުރިއަށްދާ ވަރަކަށް ވާދަވެރިކަމުގެ ބާރުގަދަކަން އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.










