މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބުރުޒުމަގު ހަބީބް ކެފޭ ކައިރީގައި ހުރި ސައިކަލެއްގެ މަޑި ދަށުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ބަންގަލްދޭޝްގެ ޖަހަންގީރް އާލަމް، 45އ އެވެ.
ކުރިން ހުޅުމާލޭގައި ސައިހޮޓަލެއް ހިންގުމުގައި ވެސް ހަރަކާތްތެރިވި ޖަހަންގީރު ވަނީ އޭނާއަށް ކުރާ ތުހުމަތު ތަކަށް އިންކާރު ކޮށްފައެވެ. އެހެންނަމަވެސް، ފުލުހުން ބުނީ ކޮންމެވެސް ވަރަކަށް ހެކި ހުރިކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ސީސީޓީވީ ފުޓޭޖާއި ސައިކަލްގައި ފައިސާ ބެހެއްޓި މީހާގެ ބަޔާން ފުލުހުން ފާހަގަ ކުރެއެވެ.
ޖަހަންގީރު ހައްޔަރު ކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.









